Saturday, October 31
ރެއާލް ބެޓިސް އަތުން މޮޅުވެ ބާސާ ކޮޕަ ޑެލްރޭގެ ކުއާޓާއަށް

ސްޕެނިޝް ކޮޕަ ޑެލްރޭގައި ރޭ ކުޅުނު މެޗުގައި ރެއާލް ބެޓިސް ބަލިކުރުމަށްފަހު ބާސެލޯނާއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފި އެވެ.

މި މެޗުން ބާސެލޯނާ މޮޅުވެފައި ވަނީ 5-1 ގެ ނަތީޖާ އަކުންނެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބެޓިސްއަށް މާ ގިނަ ފުރުސަތުތަކެއް ނުދީ ބާސެލޯނާ ވަނީ މުޅި މެޗު ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 3 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ބާސެލޯނާ ލީޑު ނެގިއެވެ. މި ލަނޑު ޖަހައިދިނީ މިޑްފިލްޑަރު ގަވީއެވެ.

މެޗުގެ 27 ވަނަ މިނިޓުގައި ބާސެލޯނާގެ ޑިފެންޑަރު ކުންޑޭ ވަނީ ލަނޑުޖަހާ ލީޑު ފުޅާކޮށްފައެވެ. މި ހާފުގައި ކޫންޑޭ އަދި ޔަމާލް ވެސް ވަނީ އިތުރު ލަނޑު ޖަހައިދީފައެވެ. ނަމަވެސް އެ ދެ ލަނޑު އޮފްސައިޑު ކަމަށް ނިންމާ ބަލައިގަނެފަ ނުވެއެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނަ އިރު ތަކެއް ނުވަނިސް މެޗުގެ 58 ވަނަ މިނިޓުގައި ރަފީނިއާ ބާސެލޯނާ އަށް އިތުރު ލަނޑެއް ޖަހައިދިން އިރު، 67 ވަނަ މިނިޓުގައި ފޭރާން ޓޮރެސް އަދި 75 ވަނަ މިނިޓުގައި ޔަމާލް ވެސް ވަނީ ލަނޑުޖަހައިދީފައެވެ.

ބެޓިސް އަށް ޖެހުނު ހަމައެކަނި ލަނޑު 84 ވަނަ މިނިޓުގައި، ކުންޑޭ ކުރި ފައުލް އަކަށް ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އެ ޓީމުގެ ފޯވާޑު ވިޓާ ރޯގްއެވެ.

މި މުބާރާތުގެ ކުއާޓާގެ ގުރުއަތު ނެގުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު