އާދިއްތަ, November 1
އެފްއޭކަޕްގައި މެންޗެސްޓާ ސިޓީއަށް ތާރީޙީ މޮޅެއް

އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ސެލްފޯޑް އާ ދެކޮޅަށް ކުޅެ ސިޓީން ބޮޑު މޮޅެއް ހޯދައިފިއެވެ.

މި މެޗުން ސިޓީ މޮޅުވީ 8-0 ގެ ނަތީޖާ އަކުންނެވެ.

މިއީ 2019 ވަނަ އަހަރުގެ ޖެނުއަރީގެ ފަހުން ސިޓީން އެފްއޭ ކަޕްގައި ހޯދިފައިވާ އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ އަށްވަނަ މިނިޓުގައި ލަނޑެއް ޖަހާ އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖެރެމީ ޑޮކޫ އެވެ. އަދި 20 ވަނަ މިނިޓުގައި ޒުވާން ފޯވަޑް ޑިވިން މުބާމާ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ނިކޯ އޮރެއިލީވެސް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

ދެވަނަ ހާފުގައި މެކްއާޓީ ތިން ލަނޑު ޖަހާ މި މެޗުގައި ހެޓްރިކް ހަދާފައިވާއިރު، ޑޯކޫ އަދި ޖެކް ގްރީލިޝް ވެސް ވަނީ ލަނޑު ޖަހައިދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު