Saturday, October 31
ސުޕަ ކަޕްގެ ފައިނަލް އެލްކްލަސިކޯ އަކަށް

ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލް މެޗުން ރެއާލް މެޑްރިޑް މޮޅުވެ މިފަހަރުގެ ފައިނަލް އެލްކްލަސިކޯ އަކަށް ހިނގައްޖެއެވެ.

ރޭގެ މެޗުން ރެއާލް މޮޅުވީ މަޔޯކާ އާ ދެކޮޅަށް ކުޅެ 3-0 ގެ ނަތީޖާއަކުންނެވެ.

ސައުދި އަރަބިއްޔާގެ ޖިއްދާގެ ކިންގް އަބްދުالله ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރެއާލުން ތިން ލަނޑުވެސް ޖެހީ ފަހު ހާފުގައެވެ.

ރެއާލް މެޑްރިޑް އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 63 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖޫޑް ބެލިންހަމް އެވެ. މެޗުގެ އިތުރު ވަގުތުގައި މަޔޯކާގެ ވަލްޖެންޓް އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވަނިކޮށް އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ރޮޑްރިގޯ ވަނީ ލަނޑެއް ޖަހާފައެވެ.

ފައިނަލުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ނުކުންނައިރު، ބާސެލޯނާ އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުން އެތްލެޓިކް ކްލަބް ބަލިކުރުމަށްފަހުގަ އެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލްކްލަސިކޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ ކްލަބް ލެވަލްގައި ކުޅޭ އެންމެ ބޮޑު މެޗު ކަމަށް އަދިވެސް ގިނަ ބަޔަކު ދެކެއެވެ.

މި އެލްކްލަސިކޯ މެޗު ކުޅެން ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު