Saturday, October 31
އެތްލެޓިކް ބިލްބާއޯ ބަލިކޮށް ބާސެލޯނާ ފައިނަލަށް

ސްޕެނިޝް ސްޕަ ކަޕްގައި ރޭ އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ.

ސައުދީ އަރަބިއާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ދަނޑުގައި ކުޅުނު މި މެޗުން މޮޅުވެ ބާސެލޯނާ ފައިނަލަށް ދިޔައީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ބާސުލޯނާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެހަންޑްރޯ ބާލްޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގަވީއެވެ.

ބާސެލޯނާގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތް މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ލެމީން ޔަމާލެވެ.

މެޗުގެ 86 ވަނަ މިނިޓުގައި ބިލްބާއޯއަށް ލަނޑެއް ޖެހުނު ނަމަވެސް، އެ ލަނޑު އޮފްސައިޑުވެ ބަލައިނުގަތެވެ.

މިމުބާރާތުގެ ފައިނަލްގައި ބާސެލޯނާ ބައްދަލުކުރަންޖެހޭ ޓީމެއް އެނގޭނީ މިރޭ ރެއާލް މެޑްރިޑާއި ރެއާލް މަޔޯކާގެ މެދުގައި ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗަށް ފަހުގައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު