Saturday, October 31
ބާސެލޯނާ މޮޅުވެ ކޮޕަ ޑެލް ރޭގެ ގަދަ 16 އަށް

ސްޕެނިޝް ކޮޕަ ޑެލް ރޭގައި ރޭ ބާސެލޯނާ އާއި ބާބަސްޓްރޯ ބައްދަލު ކުރި މެޗުން ބާސެލޯނާ މޮޅުވެ ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ރަފިންހާ ފިޔަވާ ޓީމުގެ ހުރިހާ ވަރުގަދަ ކުޅުންތެެރިން ފުރަތަމަ 11 ގައި ކުޅެން ނުކުތް މި މެޗުން ބާސެލޯނާ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގެ 21 ވަނަ މިނިޓުގައި ލަނޑުޖަހައި މެޗުގެ ލީޑު ނަގައިދިނީ ބާސެލޯނާގެ ޑިފެންޑަރު އެރިކް ގާސިއާ އެވެ. އޭގެ 11 މިނިޓް ފަހުން، ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ. ބާސެލޯނާ އިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑު ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓްގައި، ލެވަންޑޯސްކީ އޭނާގެ ދެ ވަނަ ގޯލު ޖަހައިދީފައިވާއިރު، މެޗުގެ 56 ވަނަ މިނިޓުގައި ޕަބްލޯ ޓޯރޭ ވަނީ ބާސެލޯނާގެ 4 ވަނަ ލަނޑު ޖަހައިދީފައެވެ.

2021 ވަނަ އަހަރުގައި އެންމެ ފަހުން ބޭއްވި ކޮޕަ ޑެލްރޭ ބާސެލޯނާއިން ކާމިޔާބުކޮށްފައިވާއިރު، ބާސެލޯނާއަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.

ބާސެލޯނާއިން ވަނީ 31 ފަހަރު ކޮޕަ ޑެލް ރޭގެ ތަށި ހޯދާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު