އާދިއްތަ, November 1
ގޯލްޑް ކަޕްގެ ތަށި އޭދަފުއްޓަށް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024ގެ ޗެމްޕިއަންކަން ބ. އޭދަފުށި ހޯދައިފި އެވެ.

އައްޑޫ ސިޓީ އާއި ވާދަކޮށް މި މެޗު އޭދަފުށިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި މިރޭ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅުނު ފޯރިގަދަ މި މެޗުގެ ފުރަތަަމަ ހާފުގައި މެޗުގެ ލީޑު ނަގައިދީ ލަނޑު ޖެހީ އޭދަފުށިންނެވެ. މި ލަނޑު 40 ވަނަ މިނިޓުގައި އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.

މެޗުގެ ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އައްޑޫން ކުޅުނުއިރު، މި ހާފުގައި ނަތީޖާ އެއްވަރުކޮށްލަން ވެސް އައްޑު އަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ.

ނަމަވެސް ފުރުސަތުގެ ބޭނުން ނުކުރެވި އުޅެނިކޮށް މެޗު ނިމިގެން އިތުރު ވަގުތުގައި އޭދަފުށިން ލަނޑުޖަހައި ތަށި ކަށަވަރު ކުރިއެވެ. މި ލަނޑު އޭދަފުށްޓަށް ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

މި މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު