Saturday, October 31
ފަހުވަގުތު ލަނޑުޖަހާ އެޓްލެޓިކޯއިން ބާސެލޯނާ ބަލިކޮށްފި

ސްޕެނިޝް ލީގު ލަލީގާގައި ރޭ ފަހު ވަގުތު ލަނޑުޖަހާ އެޓްލެޓިކޯ މެޑްރިޑުން ބާސެލޯނާ ބަލިކޮށްފި އެވެ.

މި މެޗު އެޓްލެޓިކޯއިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 30 ވަނަ މިނެޓްގައި ޕެޑްރީ ވަނީ ބާސެލޯނާ އަށް ލަނޑު ޖަހާ ލީޑު ނަގައިދީފަ އެވެ.

ޕެޑްރީގެ ފަރާތުން މޮޅުކުޅުމެއް ފެނުނު މިމެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބާސެލޯނާ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް ފުރަުސަތުގެ ބޭނުންނުކުރެވި އުޅެނިކޮށް އެޓްލެޓިކޯ އިން ނަތީޖާ އެއްވަރުކޮށްދިނީ މެޗުގެ 60 ވަނަ މިނެޓްގައި ރޮޑްރިގޯ ޑެ ޕޯލްއެވެ.

ލީޑު އަލުން ނަގަން ބާސެލޯނާ ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އާއި ރަފީނިއާ އަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، އެޓްލެޓިކޯ މޮޅުވީ މެޗުގެ ފަހު ވަގުތުކޮޅު ތެރޭ އެޓީމުގެ ނޯވޭ ފޯވާޑް އެލެގްޒެންޑާ ސޯލޮތު ކާމިޔާބުކުރި ގޯލުންނެވެ.

މި މެޗުގެ ނަތީޖާއާއެކު، 18 މެޗުން 41 ޕޮއިންޓު ހޯދައިގެން އެޓްލެޓިކޯ އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި 19 މެޗުން 38 ޕޮއިންޓު ހޯދައިގެން އޮތީ ބާސެލޯނާ އެވެ. ތިންވަނައިގައި 17 މެޗުން 37 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑް އެވެ. ލީގުގައި މިރޭ ރެއާލުން ސެވިއްޔާއާ ދެކޮޅަށް ނިކުންނާނެ އެވެ.

އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް ބާސެލޯނާ މޮޅުވެފައިނުވާއިރު، މިރޭ ކުޅޭ މެޗުން ރެއާލް މޮޅުވެއްޖެނަމަ ބާސެލޯނާ ލީގުގެ ތިންވަނަ އަށް ވެއްޓޭނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު