އާދިއްތަ, November 1
ގޯލްޑް ކަޕް ފައިނަލްގައި އައްޑޫ ސިޓީ އާއި އޭދަފުށި

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ދިރުވާ އާލާ ކުރުމުގެ އަމާޒުގައި ނައިންޓީ ޕްލަސް އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑް ކަޕް 2024 ގެ ފައިނަލަށް ބ އޭދަފުށި އަދި އައްޑޫ ސިޓީން ޖާގަ ހޯދައިފިއެވެ.

އައްޑޫ ސިޓީ ގެ ޓީމް ފައިނަލަށް ދަތުރުކުރީ  2-0 ން އަލިފުށި ބަލިކުރުމަށްފަހުއެވެ.

ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ އައްޑޫ އާއި އަލިފުށި ބައްދަލު ކުރިއިރު ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ނަމަވެސް ދެވަނަ ހާފުގައި އައްޑޫ ސިޓީން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 51 ވަނަ މިނިޓްގައި ޝަމްވީލް ގާސިމް އެވެ.ތިން ވަނަ ލަނޑޫ ޖެހީ 68 ވަނަ މިނިޓްގައި ދެވަނަ ހާފްގައި ކުޅެން އެރި އިބްރާހިމް މަހްދީ އެވެ.

މުބާރާތުގެ ފައިނަލަށް އޭދަފުށި ދަތުރުކުރީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 2-3 ގެ ނަތީޖާއަކުން މާލެ ސިޓީ ބަލިކޮށްގެންނެވެ. މެޗުގައި އޭދަފުށިން ތިން ލަނޑު ޖަހާފައިވަނިކޮށް މާލެ ސިޓީގެ ދެ ލަނޑު ޖަހާފައިވަނީ އޭގެ ފަހުންނެވެ.

މެޗުގެ ފުރަތަމަ 30 މިނިޓުގެ ތެރޭގައި އޭދަފުށިން ވަނީ ތިން ލަނޑު ޖަހާފައެވެ. މާލެ ސިޓީން ވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު އަލީ ޝިޔާހު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އޭދަފުށީގެ ގޯލްކީޕަރު ޒިޔަޒަންގެ ބޯމަތިން ގޯލުގެ ތެރެއަށް އޮއްސާލައިގެންނެވެ. ދެވަނަ ލަނޑު 65 ވަނަ މިނިޓުގައި ކާމިޔާބުކުރީ ރިލްވާން ވަހީދެވެ.

ސެމީ ފައިނަލްގެ ފަހުމެޗު މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ހުސެއިން ލަތީފެވެ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިނަލް މެޗުގައި އައްޑޫ ސިޓީ އާއި ބ. އޭދަފުއްށި ބައްދަލުކުރާ މެޗް އޮންނާނީ 24 ޑިސެމްބަރު 2024 ގެ ރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު