އާދިއްތަ, November 1
ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމަށް ވާދަކުރަނީ

ބްރެޒިލް ގައުމީ ޓީމުގެ "ޝަރަފު" އަލުން ހޯދުމުގެ ޢަޒުމުގައި ، ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ކަމަށް ވާދަކުރާނެކަން އިއުލާންކޮށްފިއެވެ.

އުމުރުން 48 އަހަރުގެ ރޮނާލްޑޯ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރަނީ ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަން ( ސީބީއެފް) ގެ މިހާރުގެ ރައީސް އެޑްނާލްޑޯ ރޮޑްރިގޭޒްއާއި އެވެ.

ބޭރުގެ މިޑިއާތަކުން ޚަބަރުދޭގޮތުގައި ރޮނާލްޑޯ ބުނީ އޭނާ ސީ.ބީ.އެފް ގެ ރައީސް ކަމަށް ކުރިމަތިލުމަސް ނިންމީ އެޤައުމު ފުޓުބޯޅައިގައި މީގެ ކުރިން ހޯދާފައިވާ ކާމިޔާބީ ތަކުރާތުކޮށް، ކުރީގެ މަޤާމަށް ގެންގޮސް އޭރު ހޯދު އިޙްތިރާމާއި ޝަރަފު ހޯދައިދިނުމަށް ބޭނުންވާތީ ކަމަށެވެ.

 

ރޮނާލްޑޯ ވަނީ، 1994 އާއި 2002 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ބްރެޒިލްއަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ވޯލްޑް ކަޕްގެ ރެކޯޑް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލް އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2002 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ޓީމް ކުއާޓާ ފައިނަލުގެ މަރުހަލާއަށް ވުރެ ކުރިއަރާފައެއް ނުވެ އެވެ.

ދުނިޔޭގެ މަޝްހޫރު ކްލަބްތަކަށް ކުޅެފައިވާ މަޝްހުރު ލެޖެންޑް އަންނަނީ ކުޅުންހުއްޓާލުމަށްފަހުވެސް ފުޓުބޯޅައާއި ގުޅުންހުރި މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު