އާދިއްތަ, November 1
ފުލުހުންގެ ކުލަބު ފުޓްބޯޅަ މުބާރާތް ފަށައިފި

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ވެޓަރަންސް 8 އަސައިޑް ފުޓްބޯޅަ މުބާރާތް ރޭ ފަށައިފިއެވެ.

އެފްއޭއެމް ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ތިން މެޗެއް ވަނީ ކުޅެފައެވެ.

އެގޮތުން ކުޅުނު ފުރަތަމަ މެޗުގައި ޕީއެސްއާރުސީ އާއި އެމްއެފްޕީ ވާދަކުރިއިރު މިމެޗު 4-3 އިން ކާމިޔާބުކުރީ ޕީއެސްއާރުސީއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕީއެސްއާރުސީގެ ޖާޒީ ނަންބަރު 23 ޙުސައިން ޝިފާޒްއެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ހުޅުމާލެ ޕޮލިހާއި އައި ކުލަބް ވާދަކުރިއިރު މިމެޗު 4-1 އިން ކާމިޔާބުކުރީ ހުޅުމާލެ ޕޮލިސްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ ޖާޒީ ނަންބަރު 12 އަޙްމަދު ފައިސަލްއެވެ.

ރޭ ކުޅުނު ތިން ވަނަ މެޗުގައި ވާދަކޮށްފައިވަނީ އައިޑީ ކުލަބާއި ޓްރެފިކް އެވެ. މިމެޗު ނިމިފައިވަނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އައިޑީ ކުލަބުގެ ޖާޒީ ނަންބަރު 19 ބަދުރުއްޒަމާން ޙަސަންފުޅުއެވެ.

ޕޮލިސް ކުލަބު ވެޓަރަންސް 8 އަ ސައިޑް ފުޓްބޯޅަ މުބާރާތް ޑިސެންބަރު 15 އިން 22 އަށް ކުރިއަށްދާނެއެވެ. މި މުބާރާތުގައި  ފުލުހުންގެ މުއައްސަސާގެ ކޮމާންޑް/ޑައިރެކްޓްރޭޓް/ ވިންގް އަދި ޑިޕާޓްމަންޓްތައް ހިމެނޭހެން  ޖުމްލަ 7 ޓީމަކުން ބައިވެރިވެއެވެ. މި މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާގޮތަށެވެ.

މި މުބާރާތަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 40 އަހަރުން މަތީ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމުވައްޒަފުންނަށް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދީ، މަސައްކަތުގެ މާހަލުން ބޭރުން ބައްދަލުވެ، އެކުވެރިކަން އާލާކުރުމާއި ޕޮލިސް ކުލަބުގެ ވެޓަރަންސް ފުޓްބޯޅަ ޓީމު އެކުލަވާލުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު