Saturday, October 31
ކުޅުނު 18 މެޗުން 5 ޕޮއިންޓް ބާސެލޯނާއަށް ގެއްލިއްޖެ

ސްޕެނިޝް ލީގު ލަލީގާގައި ރޭ ކުޅުނު މެޗުގައި ލެގަނެސް ކައިރިން ބާސެލޯނާ ބަލިވެއްޖެ އެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ މި މެޗުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ބަލިވިއިރު، މީ ލަލީގާގައި ބާސެލޯނާ މޮޅުނުވެ ޖެހިޖެހިގެން ދިޔަ 2 ވަނަ މެޗެވެ. އަދި މިބައްޔާއިއެކު ބާސެލޯނާއަށް މިވަނީ މިސީޒަންގައި ކުޅުނު 18 މެޗުން 5 ޕޮއިންޓް ގެއްލިފައެވެ.

މެޗުގައި ޖެހި ހަމައެކަނި ލަނޑު ލެގަނެސްއިން ޖަހައިދިނީ މެޗުގެ ހަތަރު ވަނަ މިނިޓުގައެވެ. މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޑިފެންޑަރު ސާޖިއޯއެވެ.

މި ލަނޑަށްފަހު މެޗުގައި ބާސެލޯނާ އިން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. ނަމަވެސް އެ ޓީމަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ.

މިހާތަނަށް ކުޅުނު 18 މެޗުން 38 ޕޮއިންޓާއިއެކު މިވަގުތަށް ބާސެލޯނާ އެއްވަނައިގައި އޮތް ނަމަވެސް، ރެއާލް އަދި އެޓްލެޓިކޯ ކުރިއަށް ހުރި މެޗުތަކުން މޮޅުވާނަމަ ބާސެލޯނާއަށް އެއްވަނަ ގެއްލޭނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު