އާދިއްތަ, November 1
މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ފުޓުބޯޅަ ކުޅުންތެރިޔަކީ ޔަމާލް: މެސީ

މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ޒުވާން ފުޓުބޯޅަ ކުޅުންތެރިޔަކީ ބާސެލޯނާގެ ލަމިން ޔަމާލް ކަމަށް، އާޖެންޓީނާގެ ފުޓުބޯޅަ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

ޖަރުމަނުގައި އޮތް އެޑިޑަސްގެ ހަފްލާއެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން މެސީ ބުނީ ޔަމާލުގެ އުމުރަށް ބަލާފައި ޔަމާލް އެ ދައްކަމުން ދަނީ އާދަޔާ ހިލާފު މޮޅު ހުނަރެއްކަމުގަ އެވެ.

"ދުނިޔޭގައި މިވަގުތު ވަރަށް ގިނަ މޮޅު ޒުވާން ފުޓުބޯޅަ ކުޅުންތެރިން އެބަތިބި. ނަމަވެސް ކޮންމެސް އެއް ކުޅުންތެރިޔަކު ނަގަންޔާ ނަގާނީ ޔަމާލް." މެސީ ބުންޏެވެ.

މެސީ ބުނިގޮތުގައި ޔަމާލް އަކީ ފުޓުބޯޅައިގެ ކުރިމަގެވެ. އަދި މިހާރުވެސް ޔަމާލްގެ އެ އުމުރުގައި ދައްކަމުންދާ ކުޅުމަށް މެސީ ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

މެސީ އަދި ޔަމާލް
މެސީ އަދި ޔަމާލް

ސްޕެއިނަށް އުފަން ބާސެލޯނާގެ ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާ ޔަމާލް މިސީސަންގައި ވެސް ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިއަހަރުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި ޔަމާލް ވަނީ 6 ލަނޑު ޖަހާ، 11 އެސިސްޓް ހަދާފައެވެ.

ސްޕެއިންއަށް މިއަހަރު ޔޫރޯ ނަގައިދުނުމުގައި ވެސް އެންމެ ބޮޑު ރޯލެއް އަދާކުރި ޔަމާލް ވަނީ މިއަހަރުގެ އެންމެ މޮޅު ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑުވެސް ހާސިލްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު