އާދިއްތަ, November 1
މެންޗެސްޓާ ސީޓީއަށް އަނެއްކާވެސް ހިތްދަތި ބައްޔެއް

ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ ޔުވެންޓަސް އަތުން ހިތްދަތި ގޮތަކަށް މެންޗެސްޓާ ސިޓީ ބަލިވެއްޖެ އެވެ.

މި މެޗުން ސިޓީ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑެއްނުޖެހެ އެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ޔުވެންޓަސް އަށް މެޗުގެ 52 ވަނަ މިނެޓްގައި ޖަހައިދިނީ އެޓީމުގެ ފޯވާޑް ޑުސާން ވްލަހޮވިޗް އެވެ. އަދި މެޗުގެ 74 ޔުވެންޓަސްގެ ދެވަނަ ލަނޑު ޖަހައިދިނީ ވެސްޓަން މެކެނީ އެވެ.

ޔުވެންޓަސް އަތުން ސިޓީ ބަލިވިއިރު، އެންމެފަހުން ކުޅުނު 10 މެޗުގެ ތެރެއިން ސިޓީ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

ރޭގެ މެޗުން ބަލިވުމުން ސިޓީ މިވަގުތު އޮތީ ހަ މެޗުން ލިބުނު 8 ޕޮއިންޓާ އެކު ތާވަލުގެ 22 ވަނައިގައެވެ.

ލީގުގައި ސިޓީ އަށް ދެން ބާކީ އޮތީ މޮޅުވާން މުހިއްމު ދެމެޗެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު