Saturday, October 31
ފެރާން ޓޮރޭސްގެ ދެ ލަނޑާއިއެކު ބާސެލޯނާ މޮޅުވެއްޖެ

ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ ބާސެލޯނާ އާއި ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ޑޯޓުމަންޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވީ 3-2 ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން މޮޅުކުޅުމެއް ދައްކާ، ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގެ އަށް ވަނަ މިނެޓުގައެވެ. މި ލަނޑު ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވާޑު ރަފީނިއާއެވެ.

ނަމަވެސް އޭގެ މާގިނައިރު ތަކެއް ނުވެ ބާސެލޯނާގެ އޭރިޔާ ތެރެއިން ކުބާސީ ކުރި ފައުލަކާ ގުޅިގެން ޑޯޓުމަންޑަށް ވަނީ ޕެނަލްޓީ އެއް ލިބިފައެވެ. މެޗުގެ 60 ވަނަ މިނިޓުގައި ޑޯޓުމަންޑަށް ޕެނަލްޓީ ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްދިނީ ގުރަސީ އެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ބާސެލޯނާގެ ފެރާން ޓޮރޭސް ވަނީ ލަނޑެއް ކާމިޔާބުކޮށް ބާސެލޯނާ އަށް އަލުން މެޗުގެ ލީޑު ހޯދައިދީފައެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ގުރަސީ ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށް ޑޯޓުމަންޑަށް އަލުން މެޗުގެ ނަތީޖާ އެއްވަރު ކޮށްދީފައެވެ.

މެޗުން ބާސެލޯނާ މޮޅުކޮށްދިން ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދިނީވެސް ފެރާން ޓޮރޭސްއެވެ.

މި ސީޒަންގެ ޗެންޕިއަންސް ލީގު ގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ބާސެލޯނާއިން ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާއިއެކީ އޮތީ ތާވަލުގެ ދެވަނައިގައެވެ.

ރޭގެ މެޗުން ބަލިވި ޑޯޓުމަންޑް އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއި އެކީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު