Saturday, October 31
އެޓްލާންޓާ އަތުން ރެއާލް އަށް އުނދަގޫ މޮޅެއް
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އާއި އެޓްލާންޓާ ކުޅުނު މެޗުން، ހަނި ގޮތަކަށް ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ. އެޓްލާންޓާގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ރެއާލް މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ރެއާލުން ވަނީ އެއް ލަނޑު ޖަހާ ލީޑު ނަގާފައެވެ. ދިހަ ވަނަ މިނެޓުގައި ބްރަހިމް ޑިއަޒް ދިން ރީތި ބޯޅައަކުން ރެއާލަށް ލީޑު ހޯދައިދިނީ ކައިލިއަން އެމްބައްޕެ އެވެ. ނަމަވެސް މެޗުގެ 36 ވަނަ މިނިޓުގައި އިންޖަރީވެ އެމްބައްޕެ އަށް މެޗު ދޫކޮށްލަން ޖެހުނެވެ.

މިނަތީޖާގައި ރެއާލް ހިފަހައްޓަމުން ދަނިކޮށް ހާފު ނިމެން ކައިރިވެފައި ވަނިކޮށް އެޓްލާންޓާއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރި އެވެ. މި ޕެނަލްޓީ ޖަހާދިނީ އެ ޓީމުގެ ފޯވާޑު ޗާލްސް ޑި ކެޓެލެއާ އެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލުން ވަނީ 3 މިނިޓު ތެރޭގައި ދެ ލަނޑު ޖަހާ ލީޑު ފުޅާކޮށްދީފައެވެ. މިލަނޑުތަށް ޖަހައިދިނީ 56 ވަނަ މިނިޓުގައި ވިނީޝިއަސް ޖޫނިއާ އަދި 59 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް އެވެ.

އެޓްލާންޓާގެ ކުޅުން ވަރުގަދަކޮށް މެޗުގެ 65 ވަނަ މިނިޓުގައި ލަނޑެއް ޖެހިނަމަވެސް އިތުރު ލަނޑެއް ޖަހަން ފުރުސަތެއް ނުލިބުނެވެ. މި ލަނޑު އެޓްލާންޓާއަށް ޖަހާދިނީ އަޑެމޯލާ ލޫކްމަން އެވެ. މި މޮޅާއި އެކު ރެއާލުން ކުޅުނު 6 މެޗުން ލިބުނު 9 ޕޮއިންޓާއިއެކު ތާވަލުގެ 18 ވަނައިގައި އޮތްއިރު، ލިބުނު 11 ޕޮއިންޓުން އެޓްލާންޓާ އޮތީ 9 ވަނައިގައެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު