Saturday, October 31
ރެއަލް ބެޓިސް އިން ބާސެލޯނާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ސްޕެނިޝް ލަލީގާ ގައި ރޭ ކުޅުނު މެޗުގައި ރެއަލް ބެޓިސް ބާސެލޯނާ އެއްވަރުވެގެން ނިމިއްޖެ އެވެ.

ބެޓިސްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ދެޓީމު އެއްވަރުވީ 1-1ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށްޓައިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ވަރަށް މޮޅު ކުޅުމެކެވެ. ނަމަވެސް ބާސެލޯނާގެ ހަމަލާތަށް އިތުރަށް ވަރުގަދަކޮށް މެޗުގެ 39 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައިދީ ލީޑު ނެގީ ބާސެލޯނާއިންނެވެ. މިލަނޑު ޖަހައިދިނީ ރޮބަޓް ލެވަންޑޯސްކީ އެވެ.

ދެވަނަ ހާފު ފަށައިގެން 68 ވަނަ މިނިޓުގައި ބެޓިސްއަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ ލޮސެލްސޯ އެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް 82 ވަނަ މިނެޓުގައި ފެރަން ޓޮރެސްގެ ލަނޑަކުން ބާސެލޯނާއަށް ލީޑުނަގަން ފުރުސަތު ލިބުނެވެ.

ނަމަވެސް އެނަތިޖާގައި ނުހިފެއްޓި މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި ބެޓިސްއިން ބާސެލޯނާ މޮޅުވިޔަނުދީ ހިފެހެއްޓިއެވެ. މި ލަނޑު ބެޓިސްއަށް ޖަހައިދިނީ ޑިއާއޯ އެވެ.

މި މެޗާއިއެކު ބާސެލޯނާ މި ވަގުތު އެއް ވަނައިގައި އޮތީ 17 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 16 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު