Saturday, November 14
އޮލިމްޕިކް ސައިޒުގެ ޕޫލް ގެ މަސައްކަތް 2025 އަށް ނިންމާލެވޭނެ- މިނިސްޓަރ

އޮލިމްޕިކް ސައިޒު ސްވިމިން ޕޫލް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެކަމަށް ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ފެންވަރުގެ ސްވިމިން ޕޫލެއް އެޅުމުގެ މަސައްކަތް މިދިޔަ ދެ ސަރުކާރުންވެސް ފެށި އެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތާ ހަމައަށް ނުދެވި ކޮންމެ ފަހަރަކުވެސް މަސައްކަތް  މަޑު ޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވިދާޅުވިއެވެ. މިސަރުކާރުން ވަނީ އެއް އަހަރުގެ ތެރޭގައި ހުރިހާ ލިޔެކިޔުންތަކެއްގެ މަސައްކަތް ނިންމާ، ޕޫލް އެޅުމުގެ އަމަލީ މަސައްކަތްވެސް ފަށާފަ އެވެ.

ޕޫލް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. ސްވިމިން އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަސައްކަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ.

އޭނާ ވިދާޅުވީ އޮލިމްޕިކް ސައިޒު ސްވިމިން ޕޫލް އެޅުމުގެ މަސައްކަތަކީ ކުރިއަށް ނުގޮސް ހުއްޓިފައި އޮތް މަސައްކަތެއްކަމަށާއި، މި ސަރުކާރުން މިކަން އަވަހަށް ފެށޭނެ ގޮތް ހެދުމަކީ ކުޅިވަރަށް ސަރުކާރުން ދެއްވާ އަހަމިއްޔަތު ފެންނަ ކަމެއްކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު