އާދިއްތަ, November 1
އެމެރިކާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީއަށް

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ، އިންޓަ މަޔާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވާޑް، ލިއޮނަލް މެސީ އަށް އެމެރިކާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބިއްޖެ އެވެ.

މި އެވޯޑު މެސީއަށް ލިބުނީ ލީގުގެ ކުޅުންތެރިންނާއި ކްލަބުތަކުގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން ނޫސްވެރިންގެ ވޯޓަކުންނެވެ. އެގޮތުން މެސީ ވަނީ ވޯޓުގެ 38 ޕަސެންޓް ހޯދާފަ އެވެ. އަދި ދެވަނަ އަށް ދިޔަ ކޮލޮމްބޯ ކްރޫގެ ކުޗޯ ހެނާންޑޭޒަށް ލިބުނީ 33 ޕަސެންޓް ވޯޓެވެ.

މިކަމަށް ޓަކައި ހާއްސަ ކުރި ރަސްމިއްޔާތެއްގައި މި އެވޯޑު މެސީއަށް ސަޕްރައިޒެއްގެ ގޮތުގައި ހަވާލުކޮށް ދިނީ މެސީގެ ބޮޑު ފިރިހެން ދަރިފުޅު ތިއާގޯ މެސީއާއި އޭނާގެ ޓީމު ކުދިންނެވެ. ތިއާގޯ މެސީ އަކީ ބައްޕަގެ ޓީމު ކަމުގައިވާ އެމެރިކާ ލީގުގެ އިންޓަ މަޔާމީގެ އެކެޑަމީ ގައި ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ.

"ތިހުރިހާ ކުދިންގެ އަތުން މި އެވޯޑު ލިބުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް". ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މެސީ ބުންޏެވެ.

އުމުރުން 37 އަހަރުގެ މެސީ މި މަގާމު ހޯދިއިރު، އަނިޔާގެ ސަބަބުން އޭނާ އަށް ލީގުގައި ކުޅެވުނީ 19 މެޗެވެ.

ނަމަވެސް އިންޓަ މަޔާމީގެ ތާރީހުގައި އެ ކްލަބަށް ފުރަތަމަ ފަހަރަށް ލީގު ހޯދައިދިނުމުގައި މެސީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން މެސީ ވަނީ 20 ގޯލު ކާމިޔާބުކޮށް 16 އެސިސްޓް ހަދައިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު