Saturday, October 31
އެތްލެޓިކް ބިލްބާއޯ އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ

ސްޕެނިޝް ލީގު ލަލީގާގައި ރޭ އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ލީގު ޗެމްޕިއަންސް ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.

ބިލްބާއޯގެ ސަން މާމޭސް ދަނޑުގައި ކުޅުނު މި މެޗުން މެޑްރިޑް ބަލިވުމާއި އެކު އެ ޓީމު އޮތީ ލަލީގާގައި މިހާތަނަށް ކުޅުނު 15 މެޗުން ލިބުނު 33 ޕޮއިންޓާ އެކު ދެވަނައިގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ޖެހިފައި ނުވާއިރު، ދެވަނަ ހާފު ފަށައިގެން މެޗުގެ 53 ވަނަ މިނިޓުގައި އެތްލެޓިކް ބިލްބާއޯ ވަނީ ލީޑު ނަގައި ލަނޑެއް ޖަހައިދީފަ އެވެ. މި ލަނޑު ޖަހައިދިނީ އެލެހެންޑްރޯ ރެމީރޯ އެވެ.

މެޗުގެ 68 ވަނަ މިނެޓްގައި، ރެއާލަށް ޕެނަލްޓީއެއް ލިބި ނަތީޖާ އެއްވަރުކޮށްލަން ފުރުސަތު ލިބުނު ނަމަވެސް، ކިލިއަން އެމްބާޕޭ އަށް ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން، މެޗުގެ 78 ވަނަ މިނެޓްގައި ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ރެއާލް އަށް އެ ސްކޯރގައި ނުހިފެއްޓި، މެޗުގެ 80 ވަނަ މިނިޓުގައި ބިލްބާއޯގެ ގޯކާ ގުރުޒެޓާ ވަނީ ލަނޑު ޖަހައިދީ ބިލްބާއޯ މޮޅުކޮށްދީފަ އެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހޯދީ އެތްލެޓިކް ބިލްބާއޯގެ އެލެކްސް ބެރެންގުއާ އެވެ.

ރެއާލް މެޑްރިޑް މިމެޗުން ބަލިވެ މިވަނީ ތާވަލުގެ އެއްވަނަ އަށް އެރުމުގެ އަމިއްލަ ބާރު ކެނޑިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ މޮޅުވަމުން ދާހާހިނދަކު ކުރިއަށް ލީގުގައި ހުރި ހުރިހާ މެޗަކުން މޮޅުވި ނަމަވެސް މެޑްރިޑް އޮންނާނީ އަބަދުވެސް ބާސެލޯނާ އާއި އެއް ޕޮއިންޓް ފަހަތުގައެވެ.

ލީގުގައި ދެން ރެއާލް ކުޅޭނީ ޖިރޯނާއާ ދެކޮޅަށް ކަމަށް ވާއިރު، ބާސެލޯނާ ކުޅޭނީ ރެއާލް ބެޓިސްއާ ދެކޮޅަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު