Saturday, October 31
ރަފީނިއާގެ ދެ ލަނޑާއި އެކު ބާސެލޯނާ މޮޅުވެއްޖެ

ސްޕެނިޝް ލީގު ލަލީގާގައި ރޭ މަޔޯކާ އާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

މަޔޯކާގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 5-1 ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން އެއް ލަނޑު ޖެހިއިރު، މަޔޯކާ އިންވެސް ލަނޑެއް ޖެހި އެވެ. އަނެއް ހަތަރު ލަނޑު ބާސެލޯނާ އިން ޖެހީ ފަހު ހާފުގަ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ފެރަން ޓޮރެސް އެވެ. އޭގެ ފަހުން މެޗުގެ 43 ވަނަ މިނެޓުގައި މަޔޯކާ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ވެދާތު މުރީގީ އެވެ އެވެ.

ދެ ވަނަ ހާފު ފަށައިގެން 56 ވަނަ މިނިޓުގައި ބާސެލޯނާއަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ތިންވަނަ ލަނޑު ޖަހައިދިނީ ރަފީނިއާ އެވެ. އަދި މެޗުގެ 74 ވަނަ މިނިޓުގައި އަނެއްކާވެސް ރަފީނިއާ ވަނީ ބާސެލޯނާއަށް ލަނޑެއް ޖަހައިދީ ލީޑު ފުޅާކޮށްދީފަ އެވެ.

އަދި ބާސެލޯނާގެ 4 ވަނަ ލަނޑު 79 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޮންގް ޖަހާދީފައި ވާއިރު، ބާސާގެ ފަހު ގޯލު 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕައު ވިކްޓާ އެވެ.

މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހޯދީ ބާސެލޯނާގެ ރަފީނިއާ އެވެ.

މި މޮޅާއެކު ލީގުގައި ބާސެލޯނާ އޮތީ ކުޅުނު 16 މެޗުން ލިބުނު 37 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނައިގައެވެ.

އަދި 14 މެޗުން 33 ޕޮއިންޓު ހޯދައިގެން ދެވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، ލީގުގައި މިރޭ ރެއާލުން ރަށުން ބޭރުގައި އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް ނިކުންނާނެ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު