Saturday, October 31
ރެއާލް މޮޅުވެ ތާވަލުގެ އެއްވަނައާއި ގާތަށް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗުން ރެއާލް މެޑްރިޑް މޮޅުވެ، ތާވަލްގެ އެއްވަނައާއި ގާތަށް ޖެހިލައިފި އެވެ.

މިމެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ.

ރެއާލް މެޑްރިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗުގައި ފުރަތަމަ ލަނޑު ރެއާލް އިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައި އެޓީމަށް ލިބިގެންދިޔަ ޕެނަލްޓީ އަކުން ޖޫޑް ބެލިންހަމްއެވެ. އަދި 38 ވަނަ މިނިޓުގައި ރެއާލްގެ ލީޑު ފުޅާކޮށްދީ ލަނޑު ޖަހައިދިނީ ކިލިއަން އެމްބާޕޭ އެވެ.

މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހޯދީ ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް އެވެ.

މިމެޗުން ލިބުނު މޮޅާއިއެކު، ރެއާލް މިހާރު އޮތީ ކުޅުނު 14 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އެއްވަނައިގައި އޮތް 15 މެޗުން 34 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާއާއި ދެމެދު ވާ ފަރަގު މިވަނީ އެއް ޕޮއިންޓަށް ކުޑަވެގެން ގޮސްފައެވެ.

ރެއާލް އެއް މެޗު މަދުން ކުޅެފައިވުމުން އެމެޗު ކާމިޔާބު ކުރެވިއްޖެނަމަ ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ވެސް އެޓީމަށް އެބައޮތެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު