Saturday, October 31
ބާސެލޯނާ ހިތްދަތި ގޮތަކަށް ބަލިވެއްޖެ

ސްޕެނިޝް ލީގު ލަލީގާގައި ރޭ ކުޅުނު މެޗުގައި ލަސް ޕަލްމާސް ކައިރިން ހިތްދަތި ގޮތަކަށް ބާސެލޯނާ ބަލިވެއްޖެ އެވެ.

މި މެޗުން ބަލިވިއިރު، މީ ބާސެލޯނާ މޮޅުނުވެ ޖެހިޖެހިގެން ދިޔަ 3 ވަނަ މެޗެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ މި މެޗުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ތިން ލަނޑުވެސް ޖަހައިދީފައި ވަނީ ދެވަނަ ހާފުގައިއެވެ. ބާސެލޯނާއިން މެޗުގައި ޖުމުލަ 26 ހަމަލާއެއް އުފެއްދި ނަމަވެސް، ލަސް ޕަލްމާސްއަށް ލީޑު ނަގަން ފުރުސަތު ލިބި ފުރަތަމަ ލަނޑު ޖަހައިދިނީ ކުރިން ބާސާއަށް ކުޅުނު ފޯވަޑް ސާންޑްރޯ ރަމިއަރޭޒްއެވެ.

އޭގެފަހުން 61 ވަނަ މިނެޓުގައި ބާސާ ކެޕްޓަން ރަފީނިއާ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، 67 ވަނަ މިނެޓުގައި ފަބިއޯ ސިލްވާ ވަނީ ފަހަތުން އަރާ ލަސް ޕަލްމާސް މޮޅުކޮށްދީފައެވެ. މީ ބާސެލޯނާއިން، 1971 ވަނަ އަހަރު ފަހުން ލަސް ޕަލްމާސް ކައިރިން ބަލިވި ފުރަތަމަ ފަހަރެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ މި މެޗުުން ބަލިވިއިރު، މިހާރު އޮތީ އެއްވަނަ ގެއްލުމުގެ ބިރާ ވެސް ކުރިމަތިލާން ޖެހިފައެވެ.

މިހާތަނަށް ކުޅުނު 15 މެޗުން 34 ޕޮއިންޓާއެކު ބާސާ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި މިވަގުތު އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެއީ 15 މެޗުން 32 ޕޮއިންޓާއެކުގައެވެ.

ތިންވަނައިގައި އޮތް ރެއާލް މެޑްރިޑް، 13 މެޗުން 30 ޕޮއިންޓް ހޯދާފައިވާ އިރު، އަތުގައި އޮތް ދެމެޗުން މޮޅުވެ، އެއްވަނައަށް އެރުމަށް އެޓީމަށް ފުރުސަތު އެބައޮތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު