Saturday, October 31
އާޖެންޓީނާ މޮޅުވެ، ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި، ޕެރޫ އަތުން އާޖެންޓީނާ މޮޅުވެ، ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

މި މެޗުން އާޖެންޓީނާ މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗަށް ނުކުތްއިރު، އާޖެންޓީނާ ވަނީ އެންމެ ފަހުން ކުޅުނު މެޗުން ޕެރަގުއޭ އަތުން ބަލިވެފަ އެވެ.

އާޖެންޓީނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އިން ވަނީ ބޯޅަ ހިފަހައްޓައި، މެޗު ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް މުހިންމު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ސަބަބުން މެޗުގެ ނަތީޖާއަށް ފުރަތަމަ ހާފުގައި ބަދަލެއް ނުގެނެވުނެވެ.

ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ ލަސްތަކެއް ނުވެ ލަނޑު ޖަހައިފަ އެވެ. މި ލަނޑު 55 ވަނަ މިނިޓްގައި ޖަހައިދީފައިވަނީ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ ދިން ބޯޅައަކުން ލައުޓަރޯ މާޓީނޭޒް އެވެ.

މި މޮޅާ އެކު، އާޖެންޓީނާ އިން ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގެ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އާޖެންޓީނާ އަށް 12 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ކުޅުނު 12 މެޗުން ލިބުނު 20 ޕޮއިންޓާއިއެކު އުރުގުއޭ އޮތީ ދެވަނައިގައެވެ. އަދި ޕެރޫ އޮތީ 7 ޕޮއިންޓާއިއެކު ތާވަލުގެ އެންމެ ފުލުގަ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު