މަސްތުވާ ތަކެތީގެ ވަބާއަކީ ދިވެހިރާއްޖެއަށް ޖެހިފައިވާ ބޮޑު ވަބާއެކެވެ. މި ވަބާ ދިވެހިރާއްޖެއަށް ތަޢާރަފު ވެފައިވަނީ 1900 ގެ ފަހުކޮޅުއެވެ. އެ ދުވަސްވަރުން ފެށިގެން އައިސް މިހާރު މި ވަބާގައި ނުޖެހޭ ރަށެއް މި ދިވެހިރާއްޖޭގައި ނެތެވެ. އަދި މަސްތުވާތަކެތީގެ ތެރެއިން މިހާރު ދިވެހިރާއްޖެއިން ނުލިބޭ ބާވަތެއް ވެސް މަދުވާނެއެވެ.
މަސްތުވާތަކެތީގެ ވަބާގެ ސަބަބުން މުޖްތަމަޢުއަށް ކުރިމަތި ވެފައިވާ ނުރައްކާ ވަރަށް ބޮޑެވެ. މިގޮތުން މާލޭގެ މަގުތަކަށް ބަލާލިކަމުގައި ވިޔަސް މިކަން އެނގިގެން ދާނެއެވެ. ސަލާންޖަހާ މީހުންނާއި, ފޭރޭމީހުން މަަގުތައް މަތީގައި ލާހޫރެނީއެވެ. ވައްކަން ކުރުން މިވަނީ އިންތިހާދަރަޖަޔަށް އިތުރުވެފައެވެ. މި އަހަރުގެ މިހާތަނަށް ފޭރުމާއި ވައްކަމުގެ 3330 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
މަސްތުވާތަކެތި ބޭނުންކޮށް, އެއަށް ދެވިހިފުމުން އެމީހެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން, ނަސްފާނީ ހާލަތު ގޯސްވެ ބައެއްމީހުން އަމިއްލަޔަށް މަރުވެފައިވެއެވެ. އަދި ދިވެހިންގެތެރެއިން ބަޔަކު ޑުރަގް އޯވާޑޯޒްގައި މިދުނިޔެ ދޫކޮށްފައިވާ ކަންވެސް ފާހަގަކޮށްލަމެވެ. ފަރުވާދޭ މަރުކަޒުން ފަރުވާ ހޯދުމަށްފަހުގައި, އަލުން އެ ވަބާގެ ތެރެޔަށް ވަންނަ މީހުން ވެސް ވަކި މަދެެއްނޫނެވެ.
މިކަމުގެ ތެރޭގައި ކުޑަކުދިން ބައިވެރިވާ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މަސްތުވާތަކެތި ވިއްކުމުގެ މައްސަލަޔާއި އެ ބޭނުން ކުރުމުގެ މައްސަލައިގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ހައްޔަރުކޮށްފައެވެ. ވޭޕްގެ ބާވަތްތަކަށް މަސްތުވާތަކެތި އަޅައިގެން ބޭނުންކޮށް، އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ދިވެހިރާއްޖޭގައި ކުރެއެވެ. މިކަމުގެ ޝިކާރަޔަކަށް ގިނަ ކުޑަކުދިންތަކެއް ވަނީ ވެފައެވެ.
މަސްތުވާތަކެތި ދިވެހިރާއްޖެއަށް ތަޢާރަފުވެ, އެއްވެސް ސަރުކާރަކަށް ހިފަހައްޓާ ނުލެވެނު ބަލިމަޑުކަމަކަށް މިހާރު މިވަނީ ވެފައެވެ. ދިވެހި މުޖުތަމަޢު ހަލާކުވެގެންދާ ދިޔުމުގައި މިކަމުގެ ސަބަބަުން އަޅުގަނޑުމެންގެ ކުރިމަގަށް ކޮށްފާނެ ނޭދެވޭ އަސަރަކާއި މެދު ވިސްނައި ކަންބޮޑުވެއެވެ. މި ވަބާއިން ދިވެހިން ސަލާމަތް ކުރުމުގައި ގައުމުގެ ކަމުވޮށިގެންވާ މީހުންނާއި, ދައުލަތުގެ ވެރިންގެ ޒިންމާ ވަރަށް ބޮޑެވެ.
މި ލިޔުން ކިޔާލުމުން