Wednesday, November 18
މާކުރަތުގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު ހައްޔަރުކޮށްފި

ރ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކާ ދެކޮޅަށް ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ރ. މާކުރަތަށް ނިސްބަތްވާ ތިން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ރ. މާކުރަތު ޕޮލިހާއި، އުނގޫފާރު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު ހިންގި ހަރަކާތެކެވެ.

ހައްޔަރުކުރި މީހުންނަކީ މަލަ، ރ. މާކުރަތު، ޠަލްޙަތު ނަސީމް (40އ)، ފަލަކު، ރ. މާކުރަތު، އަޙްމަދު ޝާފިޢު (23އ) އަދި ބަނބުކެޔޮގަސްދޮށުގެ، ރ. މާކުރަތު، އިސްމާޢީލް ރަޝީދު (46އ) އެވެ.

ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން، ޑިންގީއެއްގައި މާކުރަތަށް ފޭބި އެ ތިން މީހުން ބަނދަރު ސަރަހައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 104 ގުރާމެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޠަލްޙަތު ނަސީމް 10 ދުވަހަށް، އަދި އަޙްމަދު ޝާފިޢުއާއި އިސްމާޢީލް ރަޝީދު ހަތަރު ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު