Saturday, November 14
އެމެރިކާގެ ޑިމޮކްރެސީ ތިންވަނަ ދުނިޔޭގެ ގައުމުތައް ދަރަޖައަށް

ދުނިޔޭގައި ޑިމޮކްރެޓިކް ހަމަތައް ކުރިއަރުވައި ދިރުވަން އެންމެ އިސްކޮށް އުޅޭ ގައުމަކީ އެމެރިކާއެވެ. ގާނޫނުގެ ވެރިކަމާ ޑިމޮކްރެސީގެ ރިވެތި އަހްލާގުން މިހާތަނަށް ދުނިޔޭގެ އެހެން ގައުމުތަކަށް މިސާލު ދައްކާ ގައުމަކީވެސް އެމެރިކާއެވެ. 

އެކާވީސް ވަނަ ގަރުނުގެ ތަހުޒީބު ދިރިއުޅުމަށް އެހެން ގައުމުތަކުން މިސާލު ބަލަނީވެސް އެމެރިކާގައި ކަންކަން ކުރާގޮތުންނެވެ. އެތެރޭގެ ސިޔާސީ ހަމަޖެހުމާ ، އިންތިހާބު ތަކުގެ އޮމާންކަމާ ސިޔާސީ ހަރަކާތްތަކުގެ ރިވެތި ކަމަކީ މިހާތަނަށް މުޅި ދުނިޔެ އެމެރިކާ އާ ފައި ހަމަކުރަން އަޒުމު ކަނޑައަޅާ ކަންކަމެވެ.

ވާދަވެރި އިންތިހާބުތަކުގެ ކެމްޕެއިން ތަކުން އެމެރިކާގައި ކުރިން ފެންނާނީ ޕޮލިސީ ތަކާ ގުޅޭ ގޮތުން ކުރެވޭ އިލްމީ ބަހުސްތަކެވެ.

އިންތިހާބަށްފަހު އިންތިހާބުގެ ނަތީޖާ ގަބޫލުކުރުމާ ،އެމެރިކާގެ ވެރިކަމުގެ ނިޒާމުގެ އިތުބާރު ނަގަހައްޓައި ދެމެހެއްޓުމަކީ އިހަށް ދުވަހާ ޖެހެންދެން އެމެރިކާގައި ހިފަހައްޓަމުން އައި ހަމަތަކެވެ.

އަދި އިންތިހާބު ތަކުގައި ވާދަވެރި ކެންޑިޑޭޓަށް އިހުތިރާމާއެކު މުއާމަލާތް ކުރުމާ ، އެކުވެރިކަމާ އެކު ކުރިއަށް ދިއުމަކީ އެމެރިކާ ކުރިން ދެއްކި ރިވެތި މިސާލެވެ.

2008 ވަމަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ޑިމޮކްރެޓުން ގެ ރިޔާސީ ކެންޑިޑޭޓް ބަރާކް އޮބާމާ ވާދަވެރި ރިޕަބްލިކަން ކެނޑިޑޭޓަށް ކޮށްފައިވާ ތައުރީފް މީގެ ތެރެއިންވެސް ފާހަގަކުރެވެއެވެ.

ކެމްޕެއިން ގެ އެންމެ ފޯރިގަދަވި ދުވަސްކޮޅު ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން އޮބާމާ ވިދާޅުވެފައިވަނީ މެކެއިންއަކީ އޭނާ އާ އިދިކޮޅު ކެންޑިޑޭޓަށް ވިޔަސް މެކެއިން ގައުމަށް އޮތް އިހްލާސްތެރިކަމާ ، މެކެއިންގެ ގައުމީވަންތަކަމަށް އޮބާމާގެ ހިތުގައި ޝައްކުނުކުރާ ކަމަށެވެ.

އަދި ހަމަ އެ އިންތިހާބުގައި މެކެއިން އޭނާގެ ސަޕޯޓަރުންނާ މުހާތަބުކޮށް ވިދާޅުވެފައިވަނީ އޮބާމާ އަކީ އަހްލާގު ރަނގަޅު ގާބިލު ބޭފުޅެއް ކަމަށާއި ، މެކެއިން އިންތިހާބުން ބަލިވާ ހާލަތުގައިވެސް އެމެރިކާގެ ރައީސްކަން ލިބިދާނެތީ ބިރުގަންނަ ޖެހޭވަރަށް ވުރެ އޮބާމާ އަކީ ރަނގަޅު ބޭފުޅެއް ކަމަށެވެ.

ސިޔާސީ މައިދާނުގައި ވާދަވެރި ކެންޑިޑޭޓަށް ނިސްބަތްކޮށް މިފަދަ މޭރުމުން ވާހަކަ ދައްކާތަން ދުނިޔޭގެ އެހެން ތަންތަނުން މަދުން ނޫނީ ނުފެންނާނެއެވެ.

އިންތިހާބުތެރޭ އެއް ކެންޑިޑޭޓު އަނެއް ކެންޑިޑޭޓަށް އަމާޒުކޮށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާ ، އެކަކު އަނެކެއްގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވައި ހަގީގަތާ ހިލާފު ވާހަކަ ތައް ދެއްކުމަކީ އެމެރިކާގެ އިންތިހާބުތަކުގައި ކެމްޑިޑޭޓުންގެ ކިބައިން ފެންނަ ކަންކަމެއް ނޫނެވެ. ހާއްސަކޮށް ހަގީގަތާ ހިލާފު ވާހަކަ ތަކުން ރައްޔިތުން އޮޅުވާލައިގެން އިންތިހާބުން ވޯޓު ހޯދުމަކީ ކުރިން އެމެރިކާ އިން ފެންނަ ކަމެއް ނޫނެވެ.

ނޫނީ އެފަދަ ގޮތަކަށް އޮޅުވާލެވޭ ވަރަށްވުރެ ލޯހުޅުވޭ ރައްޔިތުން ތިބިތަނެއް ކަމަށްވެސް ވެދާނެއެވެ.

ނަމަވެސް ފަހުން އެމެރިކާގައި ފެނިގެން މިދަނީ މުޅީން އެހެން މަންޒަރެކެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވައްޓަފާޅި ބޮޑަށް ބަދަލުވެގެން އައީ ރިޔާސީ އިންޔިހާބަށް ޑޮނާލްޑް ޓްރަމްޕް ނުކުތް ހިސާބުން ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

މިހާރު އެމެރިކާގައި ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެފައި ވާއިރު އެމެރިކާގެ އިންތިހާބު ސިފަވަނީ ބޮޑަށް ތިންވަނަ ދުނިޔޭގެ ގައުމެއްގެ ރިޔާސީ އިންތިހާބާ އެވެ. އެއް ކެންޑިޑޭޓު އަނެއް ކެންޑިޑޭޓާ ޒާތީ ގޮތުން ދިމާ ކޮށް ސާބިތު ނުހިފޭ އެތައް ވާހަކަތަކެއް އިންތިހާބު ތެރޭގައި ދައްކާތަން ދަނީ ފެންނަމުންވެ.

ޑޮނާލްޑް ޓްރަމްޕް މިފަހަހަރުވެސް ރިޔާސީ އިންތިހާބަށް ނުކުމެފައިވާއިރު އެންމެ ފަހުން ވާދަކުރި އިންތިހާބުގައި ބަލިވުމުން ވޯޓު އޮޅުވާލި ކަމަށް އޭރު ތުހުމަތު ކުރިއެވެ. އަދި މިފަހަރު އިންތިހާބު ކާމިޔާބު ވެއްޖެނަމަ ބައެއް ސިޔާސީ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެކަމަށްވެސް ޑޮނާލްޑް ޓްރަމްޕް ވަނީ ބުނެފައެވެ.

ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް އެމެރިކާ ތައްޔާރުވަމުން އަންނައިރު މިހާތަނަށް ޓްރަމްޕް އަވަހާރަ ކޮށްލަން ދެ ފަހަރެއްގެ މަތިން ވަނީ މަސައްކަތް ކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު