ގިނަ އަދަދެއްގެ ނަރުނަގޫ މަޑި މިތަނަށް ތިލަވާއިރު މިއީ ގަވާއިދުން ކާނާ އަޅައިގެން މިތަނަށް ތިލަކޮށްފައިވާ ، މިހާރު ފުލިދޫގެ ރަށްވެހި ދިރުންތަކެކެވެ. އެކި ބާވަތުގެ ކުދި މަސްތަކާއި އެކު ގިނަ އަދަދެއްގެ މަޑި އެއްފަހަރާ ގޮނޑުދޮށުގެ ތިލަ ހިސާބުގައި އުޅޭ މަންޒަރުން ސިފަވަނީ ފުލިދޫއިން އެ ދިރުންތަކަށް ދޭ އަޅާލުން އުފާވެރިކަމާއެކު ބަލައިގަންނަ މަންޒަރެވެ. ރަށަށް ޒިޔާރަތްކުރާ ފަރާތްތައް ހިތްއުފާވާ ވަރުގެ ފޮޓޯތަކަށް މަޑިތައް އޮންނަނީ ކޮންމެ ދުވަހަކު ރުކުރުވާލާފައެވެ.
އައްޑޫ މީދޫ ސްޓިންގެ ރޭ ބީޗް މާލެ ސަރަހައްދުގެ ރަށްތަކާއި ހިލާފަށް ދެކުނުގެ ރަށްތަކަކީ ލޯކަލް ޓުއަރިޒަމް އެހާ ބޮޑަށް ފުޅާވެފައިވާ ސަރަހައްދެއް ނޫނެވެ. ހާއްސަކޮށް އައްޑޫ އަކީ ގިނަ ގޮންޖެހުންތަކަކާ އެކު ލޯކަލް ޓުއަރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ސަރަހައްދެކެވެ. މިގޮތުން އައްޑޫ މީދޫ އަކީ މިކަމުގައި މިސާލު ދައްކަމުން އަންނަ ރަށެކެވެ. މިހާރުވެސް ފަތުރުވެރިންގެ ޝައުގުވެރިކަން ހޯދުމަށް ރަށުގެ އެކި ސަރަހައްދުތައް ރީތިކޮށް ބަލަހައްޓަމުން އަންނަ މީދޫގައި މިވަނީ ދާދިފަހުން ސްޓިންގްރޭ ބީޗެއް ހަދާފައެވެ. ރަށުގެ ޒުވާނުންތަކެއްގެ އިސްނެގުމަށް ފެށުނު މި މަސައްކަތުން މި ސަރަހައްދަށް މިވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. މީދޫއިން މި ނޫހަށް މައުލޫމާތު ހިއްސާކުރި ފަރާތަކުން މައުލޫމާތު ދިންގޮތުން މިހާރު ކޮންމެ ދުވަހަކު މީދޫ ސްޓިންގް ރޭ ބީޗަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކުރެއެވެ. މީގެ ތެރޭގައި ރަށުގެ އާންމުންނާއި ރަށުން ބޭރުން ޒިޔާރަތްކުރާ ފަރާތަތައްވެސް ހިމެނެއެވެ. މުޅި ދެކުނު ސަރަހައްދުގައިވެސް އެންމެ ފުރަތަމަ ހެދުނު މި ސްޓިންގް ރޭ ބީޗަކީ މީދޫ މީހުން ފަތުރުވެރިކަން ގެނައުމަށް ހުރި ޝައުގުގެ ބޮޑުކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް އެފަރާތުން ފާހަގަކުރިއެވެ. ފަތުރުވެރިކަން ރާއްޖޭގައި ފުޅާވަމުން އަންނަ ވަރަކަށް ފަތުރުވެރިކަމާ ގުޅުންހުރި މިފަދަ ހަރަކާތްތައް ރަށްރަށުގައި އިތުރުވަމުން ދިއުމަކީ މި ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރެވެއެވެ. އަދި ފަތުރުވެރިކަން އެހާ ބޮޑަށް ފުޅާވެފައި ނެތް ސަރަހައްދުތަކުގައި މިފަދަ ހަރަކާތްތައް އިތުރު ވުމަކީ އެ ސަރަހައްދުތަކަށް ފަތުރުވެރިންގެ ޝައުގުއިތުރުވެގެން ދާނެ ކަމެއްކަމަށް މި ސިނާއަތުގެ ބޭފުޅުން ގަބޫލުކުރައްވައެވެ.View this post on InstagramA post shared by Christopher Waddell | Travel + Drone Photography 🌍 (@cwaddell88)







2 ކޮމެންޓު
ސާބަސް މީދޫ ވަސީމް ފޯރ ޕްރެސިޑެންޓް
ވަރަަށް ރަނގަަޅު އަަރޓިކަލެއް.