Saturday, October 31
ވިތް ލަވް މޭގަން

މި ފެށުނު އައު އަހަރު މޭގަން މާރކަލް އާއްމުންނަށް ދޫކޮށްލީ އޭނާގެ އައު އިންސްޓަގްރާމުގައި ޕޯސްޓްކުރި ވީޑިއޯ އެކެވެ. އެއީ އެކު އޭނާ އަލުން އެންބުރި ސޯޝަލް މީޑިއާ އަށް އަންނަ ކަމުގެ އިޝާރާތާއި އެކު އެ  ޚަބަރު ފެތުރުނެވެ.

އޭގެ އެއްދުވަސް ފަހުން އަނެއްކާ މޭގަން ވަނީ އޭނާގެ ޝޯވް އެއް ނެޓްފިލްކްސް އަންނަ އަންނަކަން އަންގާ ޝޯވް ގެ ޓީޒަރ އާއްމުންނަށް ދޫކޮށްލާފައެވެ.

" ވިތް ލަވް މޭގަން" ގެ ނަމުން ނަންދެވިފައިވާ ލައިފްސްޓައިލް މި ޝޯވް ގައި އޭނާ އެކި ސެލެބްރިޓީންނާއި އެކު ބަދިގޭގައި ކެއްކުމާއި، ގޭތެރޭގައި ހައްދާފައިވާ ތަރުކާރީ ގަހުން ބިންނަ މަންޒަރުގެ އިތުރުން މާ ގަންނަ މަންޒަރުވެސް ކްލިޕްގައި ފެނެއެވެ.

މި ޝޯވް ނެޓްފްލިކްސް އިން ދައްކަން ފަށަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ޝޯވް ގައި ހިމެނެނީ 8 އެޕިސޯޑެވެ.

" އަހަރެން މިކަން މި ހިއްސާކުރަނީ ވަރަށް އުފަލުން.އަހަރެން އުއްމީދުކުރަނީ އަހަރެން މި ޝޯވް ތައްޔާރުކުރުމަށް ލޯބިވި ވަރަށް އެހެން މީހުންވެސް މި ޝޯވް އަށް ލޯބި ކުރާނެ ކަމަށް" ޝޯވް ގެ ޓްރެއިލަރ އާއި އެކު މޭގަން ލިޔެފައިވެއެވެ.

"ވިތް ލަވް މޭގަން" ސްޓައިލާއި ފޯމެޓް ވެސް ތަފާތެވެ. ކެއްކުމާއި ހޮސްޓިން ޝޯވް ގެ ޓީޒާ އިން ފެނެއެވެ.

"އަހަރެން މި ހިއްސާކުރަނީ ކުދި ކުދި ޓިޕްސް ތަކާއި ޓްރިކްސްތައް. އަދި ކޮންމެ ދުވަހަކު ކުރާ ކަންކަމުގައި މި ކަންކަން ހިމަނާނެގޮތްތައް" ޓްރެއިލަރ ގައި މޭގަން ކިޔައިދެއެވެ.

ނެޓްފްލިކްސް ޝޯވްގެ ޓްރެއިލަރ ގެ ފޮޓޯއެއް-ފޮޓޯ: އިންސްޓައިލް

މޭގަން ދޫކޮށްފައިވާ ޓްރެއިލަރ ގައި ސްލެބްރިޓީންގެ ތެރޭގައި އެކްޓްރެސް މިންޑީ ކައިލިންގ އަދި ސުއިޓްސް ގެ ކުރީގެ ތަރި އަބިގައިލް ސްޕެންސަރ ފެނެއެވެ. ނެޓްފްލިކްސް އިން ގެނެސްދޭ ކޮންމެ ޝޯވް އެއް ގެ ދިގުމިނަކީ 30 މިނެޓްއެވެ.

ޓްރެއިލަރ ގައި މޭގަން ކޭކެއް ރާސްޕްބެރީ ބޭނުންކޮށްގެން ގާރނިސް ކުރުމާއި، އޭނާ ދިރިއުޅޭ ގޭގައި މާމުއި ތައްޔާރުކޮށް އެ ނަގާ މަންޒަރު ގެ އިތުރުން ގޭގައި އެކުވެރިންނާއި އެކު ކެއުމާއި ފިރިމީހާ އައި އެކު ހީ ސަމާސާ ކުރާ މަންޒަރުވެސް ފެނެއެވެ.

މީގެ އިތުރުން ޓްރެއިލަރ އިން މަޝްހޫރު ދެ ޝެފުންވެސް ފެނެއެވެ.

މިއީ މޭގަން އަދި އެނާގެ ފިރިމީހާ ހެރީ އާއި ދެމީހުންގެ ކުނފުނި އާރޗްވެލް ޕްރޮޑަކްޝަން އާއި އެކު ނެޓްފްލިކްސް އިން ނެރޭ ސީރީޒްއެކެވެ. މިއީ މަޤްބޫލުކަން ބޮޑު ޝޯވް އަކަށް ވެގެންދާނެ ކަމަށް މީޑިއާތަކުން ފާހަގަކުރެއެވެ.

ޕީޕަލް މެގަޒިން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެރީ އާއި މޭގަން ވަނީ މިދިޔަ އަހަރު ފެބްރުއަރީމަހުގެ ތެރޭގައި ފިލްމެއް އުފެއްދުމުގެ އެއްބަސްވުމެއްވެސް ހަދާފައެވެ. އެވެސް ސީރީޒް އެއް ގޮތަށް ގެނެސްދޭ ޝޯވް އެއް ކަމަށް ޕީޕަލް މެގަޒިން އިން ރިޕޯޓްކޮށްފައިވެއެވެ.

ނެޓްފްލިކްސް ޝޯވްގެ ޓްރެއިލަރ ގެ ފޮޓޯއެއް-ފޮޓޯ: އިންސްޓައިލް

ކުރީގެ އެކްޓްރެސް މޭގަން އާއި އޭނާގެ ފިރިމީހާ ޝާހީ އާއިލާގެ ވަލީއަހްދު ހެރީ ނެޓްފްލިކްސް އަށް އައީ 2022 ވަނަ އަހަރުއެވެ. "ހެރީ އެންޑް މޭގަން" ގެ ނަމުން ގެނެސްދިން މި ޑޮކިއުމެންޓްރީ ފުރަތަމަ ހަފްތާގައި ވެސް ވަނީ 88 މިލިއަން މީހުން ބެލިއެވެ. އެއަށް ފަހު ވެސް ހެރީގެ ޑޮކިއުމެންޓްރީ އެއް އުފެއްދިއެވެ.

ކުރިން ބަތަލާއެއްގެ ގޮތުގައި އުޅުނު މޭގަން ޕްރިންސް ހެރީއާ ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ.

އޭގެ ފަހުން މިދެމަފިރިން ވަނީ ޕްރޮޑަކްޝަން ކުންފުންޏަކާއި ޗެރިޓަބަލް ފައުންޑޭޝަނެއް ފަށައި، އެކި މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މީގެ ކުރިން މެގަން ވަނީ އަންހެނުންނާ ދެކޮޅަށް ކުރާ ސްޓިރިއޯޓައިޕްތަކާ ބެހޭ ގޮތުން ސްޕޮޓިފައި ޕޮޑްކާސްޓެއް ވެސް ހޯސްޓްކޮށްފައެވެ.  އެމެރިކަން ރިވިއާ އޯޗާޑްގެ ނަމުގައި ލައިފްސްޓައިލް ބްރޭންޑެއް 2024 އޭޕްރީލް މަހު ވަނީ ތައާރަފްކޮށްފަ އެވެ.

އައު އަހަރާއި ދިމާކޮށް އޭނާ ވަނީ އިނސްޓްގްރާމުގައި އައު އެކައުންޓެއް ހަދާ އައު އަހަރުގެ ވީޑިއޯ އެއް ޕޯސްޓްކޮށްފައެވެ.

އެ ވީޑިއޯގައި ހުދުކުލައިގެ ޖިންސަކާއި ގަޔަށް ދޫ ގަމީހެއްގައި ދުވެފައިގޮސް ގޮނޑުދޮށުގެ ރާޅުފަށުގައި އިނގިލިން 2025 ލިޔެފައި ދުއްވައިގަނެއެވެ.

އެ ވީޑިއޯ 6.3 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު އެކައުންޓް އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ފޮލޯ ކޮށްފައެވެ.

މީޑިއާތަކުގައި އެކި ވާހަކަ

ނެޓްފްލިކްސް ޝޯވް "ވިތް ލަވް މޭގަން"  ރެކޯޑްކޮށްފައިވަނީ އެމީހުން އެމީހުން ދިރިއުޅޭގޭގައި ކަމަށް ވަރަށް ގިނަ މީހުން ހީކުރި ނަމަވެސް މި ޝޯވް ކުޅުމަށް ބޭނުންކުރާ ގެ އަކީ 4 މިލިއަން ޕައުންޑަށް ހިފާފައިވާ ގެއެއްކަމަށްވެސް ބައެއް މަސްދަރުތަކުން ރިޕޯޓްކޮށްފައިވެއެވެ. އެއީ އެމީހުން ދިރިއުޅޭ ގެއާއި ދެމޭލު ދުރުގައިވާ ތަނެކެވެ.

ޝޯވްގައި ކެއްކުމަށް ބޭނުންކުރާ އުނދުނުގެ އަގު 15000 ހާސް ޕައުންޑް، ބޭނުންކުރާ ތެލި ތަވާ 600 ޕައުންޑް އަދި އެއްޗެހި ކޮށުމަށް ބޭނުންކުރާ ބޮޑްގެ އަގު 60 ޕައުންޑް އަރާކަމަށް  މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އިނގިރޭސި ޝާހީ އާއިލާއިން ވަކިވެ، ވަކި ދިރިއުޅުމެއް އުޅެމުން އަންނަ ޕްރިންސް ހެރީއާއި އޭނާގެ އަންހެނުން މޭގަން މާކަލްގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ޑޮކިއުމެންޓްރީއެއް ޖަރުމަނުގައި ވަނީ ދާދި ފަހުން ވަނީ ރިލީޒް ކޮށްފަ އެވެ.

"ހެރީ - ދަ ލޮސްޓް ޕްރިންސް"ގެ ނަމުގައި އުފައްދާފައިވާ އެ ޑޮކިއުމެންޓްރީ ޖަރުމަނުގައި ރިލީޒް ކުރެވުނު ނަމަވެސް އެމެރިކާއާއި އިނގިރޭސި ވިލާތުގައި ރިލީޒްއެއް ނުކުރާނެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ޑޮކިއުމެންޓްރީގައި ދައްކުވައިދޭނީ 2020 ވަނަ އަހަރު ހެރީއާއި މޭގަން ޝާހީ އާއިލާއިން ވަކިވާން މެދުވެރިވި ކަންތައްތަކާއި އެ ދެމީހުން ވަކިވުމަށްފަހު ޝާހީ އާއިލާއަށް އައި ބަދަލުތަކުގެ ވާހަކަ ކަމަށް މިޑިއާތަކުން ރިޕޯޓްކުރެއެވެ.

ޝާހީ އާއިލާއާއި ހެރީގެ ދެމަފިރިންނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު އެ ގުޅުން އިތުރަށް ކުޑަވީ ހެރީގެ ބައޮގްރަފީ ނެރުނު ހިސާބުންނެވެ.

ޕްރިންސް ހެރީ އާއި މޭގަން ޝާހީ އާއިލާ ދޫކޮށްލިފަހުން 2022 ވަނަ އަހަރު ނެރުނު "ހެރީ އެންޑް މޭގަން" ޑޮކިއުމެންޓްރީ ގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ އެދެމަފިރިންނަށް ޝާހީ އާއިލާ ތެރޭގައި ދިމާވި ދަތިތަކާއި އުނދަގޫތަކަށެވެ. އެޑޮކިއުމެންޓްރީއަށް ފަހު ޝާހީ އާއިލާއަށް ތާޢީދުކުރާ މީހުންނާއި އެ ދެމީހުންގެ ފޭނުންނާއި ބެހޭ ގޮތުން މީޑިއާގައި ތަފާތު ވާހަކަ ދައްކައެވެ.

"ހެރީ - ދަ ލޮސްޓް ޕްރިންސް"ގެ ނަމުގައި އުފައްދާފައިވާ އެ ޑޮކިއުމެންޓްރީ ޖަރުމަނުގައި ރިލީޒް ކުރެވުނު ނަމަވެސް އެމެރިކާއާއި އިނގިރޭސި ވިލާތުގައި ރިލީޒްއެއް ނުކުރާނެ އެވެ.

އެންމެ ފަހުން މީޑިއާގައި ދައުރުވި ހަބަރަކީ ޝާހީ އާއިލާއަށް ނިސްބަތްވޕްރިންސް ހެރީއާއި މޭގަން މާކަލްގެ ކައިވެނި ރޫޅި ވަރިވާން އުޅޭ ހަބަރެވެ. މި އަޑުތައް މީޑިއާއަށް ފެންމަތި ވެފައިވަނީ ހެރީއާއި މޭގަން ވަކިވަކިން ބައެއް ހަފްލާތަކުގައި ފެންނަން ފެށުމުންނެވެ. އެގޮތުން އެ ދެމީހުން އެއްކޮށް ތަންތަނަށް ނުދަނީ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހިފައިވުމުން ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް ހެރީ ވަނީ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އެވާހަކަ ދޮގުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު