Saturday, October 31
ފުލުހުން ހައްޔަރުކުރި ފައިރިޝް، ހިންމަފުށީ އެންޑީއޭ މަރުކަޒުން ފިލައިފި

އާންމުންނަށް އުނދަގޫކުރާ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި އަޙްމަދު ފައިރިޝް، ފަރުވާއަށް ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ފިލައިފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ހައްޔަރުގައި ހުރި ފައިރިޝް ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކޮށް، އެތަނުގެ ބެލުމުގެ ދަށުގައި ހުއްޓާ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފިލާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ފިލައިގެން ހޯދަމުން ދަނީ ހއ. ހޯރަފުށި، އުމުރުން 43 އަހަރުގެ އަޙްމަދު ފައިރިޝްއެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފައިރިޝް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބިރުދެއްކުމާއި، މުދަލަށް ގެއްލުން ދިނުމާއި، މާރާމާރީ ހިންގުމާއި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފައިރިޝް ހައްޔަރުކުރީ، ހިސާބުގަނޑު މީހުންނަށް އޭނާ އާންމު އުނދަގޫކުރާ މައްސަލަ ދޮޅު އަހަރުވީއިރުވެސް ހައްލުނުވުމުން، އެ ސަރަހައްދުގައި ދިރިއުޅޭ ޒިންމާދާރު މަގާމެއްގައި ހުރި މުޙައްމަދު ސަޢީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރުމާ ގުޅިގެންނެވެ. ފައިރިޝްއަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު