Saturday, October 31
ފަހާތަނަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގެ ފަހާތަނަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭގެ ފަހާތަނެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަނުކޮށް، މައްސަލަ ތަޙުޤީޤުކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 19 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވެނީ އެ ފަހާތަނުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކަށެވެ.

އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވަނީ ހެދުމެއް ހެޔޮވަރުތޯ ބެލުމަށް ފަހާތަނުގެ ޗޭންޖިން ރޫމަށް ވެއްދުމަށްފަހު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު