އާދިއްތަ, November 1
އެމްޑީޕީއަށް އެންމެ ގޮނޑިއެއް ވެސް ނުދީ ޕީއެންސީއިން ބައި-އިލެކްޝަން ކާމިޔާބުކޮށްފި

މިއަދު ބޭއްވި ހދ.ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.

558 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު މި އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދިޔައީ ހެނދުނު 08:00 އިން ފެށިގެން، ހަވީރު 16:00 އަށެވެ.

ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ތިން މެންބަރަކު ހޮވުމަށް ބޭއްވި މި އިންތިޚާބުގައި 6 ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. އެއީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ 3 ކެންޑިޑޭޓުންނާއި، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ 3 ކެންޑިޑޭޓުންނެވެ.

ވަގުތީ ނަތީޖާ:

  • ކެންޑިޑޭޓު ނަންބަރު 1 - ފާޠިމަތު ނާފިޡާ އިސްމާޢީލް، ވީނަސް / ހދ. ކުރިނބި، (ޕީއެންސީ) : ލިބުނު ވޯޓުގެ އަދަދަކީ 165
  • ކެންޑިޑޭޓު ނަންބަރު 2 - ފާޠިމަތު ޝައިނާ، ހަވާސާ / ހދ. ކުރިނބި، (އެމްޑީޕީ) : ލިބުނު ވޯޓުގެ އަދަދަކީ 124
  • ކެންޑިޑޭޓު ނަންބަރު 3 - އިނާސާ އާދަމް، ދޫގަސް / ހދ. ކުރިނބި، (ޕީއެންސީ) : ލިބުނު ވޯޓުގެ އަދަދަކީ 163
  • ކެންޑިޑޭޓު ނަންބަރު 4 -  ރާނިޔާ މުޙައްމަދު، ފަލަކު / ހދ. ކުރިނބި، (ޕީއެންސީ) : ލިބުނު ވޯޓުގެ އަދަދަކީ 164
  • ކެންޑިޑޭޓު ނަންބަރު 5 - އިފާޤާ އާދަމް، ފެންފިޔާޒުގެ / ހދ. ކުރިނބި، (އެމްޑީޕީ) : ލިބުނު ވޯޓުގެ އަދަދަކީ 153
  • ކެންޑިޑޭޓު ނަންބަރު 6 - ފިރާޝާ ޢަލީ، ކަނީރުމާގެ / ހދ. ކުރިނބި، (އެމްޑީޕީ) : ލިބުނު ވޯޓުގެ އަދަދަކީ 127

މި އިންތިޚާބުގައި ވޯޓުލުމަށް ދެ ފޮށި ބެހެއްޓިއެވެ.

އޭގެތެރެއިން ކުރިނބީ ސްކޫލް ހޯލުގައި ބެހެއްޓި ފޮށްޓަށް 261 މީހުން ވޯޓުލާފައިވާއިރު، މާލެ ސިޓީގެ ދަރުމަވަންތަ ސްކޫލްގައި ބެހެއްޓި ފޮށްޓަށް ވޯޓުލާފައިވަނީ 66 މީހުންނެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު