އާދިއްތަ, November 1
ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކުލާސްތަކުގެ މަސައްކަތް ފުޅާކުރަނީ

ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކުލާސްތަކުގެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ މަޤުސަދުގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި މި ޕްރޮގްރާމް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އޮކްޓޯބަރ 09 ވަނަ ދުވަހު މިނިސްޓްރީން ވަނީ ރަސްމީކޮށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ 14 އަތޮޅެއްގައި ކްލާސްތައް ހިންގަން ފަށާފައެވެ.

ހިލޭ ޤުރުއާން ކިޔަވައިދޭނެ ފަރާތްތައް ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން 29 ފަރާތަކުން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި ޕްރޮގަރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ކީރިތި ޤުރުއާނުގެ އިލްމުފެތުރުއްވުމާއި ކީރިތި ޤުރުއާން އުނގަންނައިދޭ ހިލޭ ކުލާސްތައް ކުރިޔަށް ގެންދިއުމުގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި މަސައްކަތަކީ އިސްލާމިކް މިނިސްޓްރީއިންވެސް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައަށްގެންދަވާ މަސައްކަތެކެވެ.

މިނިސްޓްރީން މިހާރު އަންނަނީ މި ޕްރޮގްރާމް މުޅި ރާއް ޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު