އާދިއްތަ, November 1
ހެންވޭރު ގެއަކުން ވައްކަން ކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި

ހެންވޭރު ގެއަކުން ވައްކަން ކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާ ތަކަށް މިއަދު ދިން މެސެޖެއްގައި ބުނެފައިވަނީ، ހެންވޭރުގައި ހުރި ގެއަކުން ވައްކަން ކުރި މައްސަލައެއް މިމަހުގެ 14 ވަނަ ދުވަހު ވަނީ ރިޕޯރޓު ކޮށްފައި ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ދެމީހަކު ވަނީ ހައްޔަރުކުރެވިފައި ކަމަށެވެ.

މީ މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ވަނީ ހ.ސަމަރ ގްރީން، އިބްރާހިމް ޒަކަރިއްޔާ (33އ) އަދި ސ.ހިތަދޫ / ކުރެއްބޯޝިގޭ، މުޙައްމަދު ޒަރީރު (36އ)އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިދެމީހުން އެގޭގެ ތެރެއިން ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ބައެއް އިލެކްޓޮރޯނިކްސް ތަކެތި އެގޭގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފުލުހުންވަނީ ހޯދާފައެވެ. ހޯދި ތަކެތީގެ ތެރޭގައި ލެޕްޓޮޕް އަދި ޓެބްލެޓް ތަކަކާއި، މޯބައިލް ފޯނުގެ އިތުރުން އެހެނިހެން ތަކެތި ހިމެނެއެވެ.

މި މައްސަލާއާއި ގުޅިގެން ހައްޔަރުކުރެވުނު މި ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯރޓަށް ހާޒިރު ކުރުމުން ކޯރޓުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު