އާދިއްތަ, November 1
މިދިޔަ އެއް އަހަރުގައި އިސްލާމީ ނޫރާއި، ދީނީ އަގީދާގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވުނު: އިސްލާމިކް މިނިސްޓްރީ

މިދިޔަ އެއް އަހަރުގައި އިސްލާމީ ނޫރާއި، ދީނީ އަގީދާގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓްރީން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި އިސްލާމްދީން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ.

އެގޮތުން މެނިފެސްޓޯގެ ޗެޕްޓަރު 6 ގައި ހިމެނޭ އިސްލާމީ ނޫރާއި، ދީނީ އަގީދާގެ ދާއިރާއިން ވޭތުވެދިޔަ އެއް އަހަރުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއަށް މަތިކޮށްފައިވާ ކަންކަން ކާމިޔާބުކަމާއެކީ ވަނީ ތަންފީޒުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ އެ މިނިސްޓްރީއާ ގުޅުން ހުރި މެނިފެސްޓޯގެ އެންމެހާ ކަންކަން ތަންފީޒު ކުރުމުގައި އަންނަ އަހަރުވެސް ގައުމީ މި ޚިދުމަތުގައި ދެމިތިބުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ފާއިތުވި އެއް އަހަރު ކުރި ކަންކަމަށް ބަލާއިރު، ރިސާލަތު ޕްރޮގްރާމުތައް ހިންގައި، ކީރިތި ޤުރްޢާނުގެ އިލްމު ފަތުރައި، މިސްކިތްތަކަށް ދިރުން ގެނެސް، ޒަކާތު ހައުސް އުފައްދައި، އިމާމުން ތަމްރީންކުރުން ފަދަ އެތައް ކަމެއް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު