އާދިއްތަ, November 1
ތިނަދޫގައި ހިންގި ޑްރަގް އޮޕަރޭޝަނުގައި ހައްޔަރުކުރި 4 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ގދ. ތިނަދޫ ސިޓީގައި ފުލުހުން ހިންގި ޚާއްޞަ ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު، ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕަރ ސައުތު ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ކަމަށެވެ.

އޮޕަރޭޝަނުގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވެއެވެ. އެ ތަންތަނުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 6.3 ގްރާމް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • ގދ. ތިނަދޫ / މިނިވަންއައްސޭރި، އަޙްމަދު ހާޝިމް (36އ)
  • ގދ. ތިނަދޫ / ވެހަފުލާ، އަތޫފް އަޙްމަދު (25އ)
  • ގދ. ތިނަދޫ / ވިލާޑީލައިޓް، ނާޖިދު ޢަބްދުﷲ (42އ)
  • ގދ. ގައްދޫ / ފުސްފަރާގެ، މުޙައްމަދު ޝާއިފް ޖަލީލް (18އ)

ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު