އާދިއްތަ, November 1
ހުޅުމާލޭގައި ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން 5 މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި މިއަދު ހެނދުނު ގޭސްފުޅިއެއް ގޮވައި ރޯވުމުން، ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

ފުލުހުން ބުނީ، ހެނދުނު 10:00 އެހައިކަންހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ސީންއަށް ދިޔައިރު، އަލިފާންގަނޑު ނިއްވާލާފައި ހުރި ކަމަށެވެ.

އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކު ފަރުވާއަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެއީ އެ ކެފޭގައި މަސައްކަތްކުރާ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، މި ހާދިސާގައި ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ކެފޭގެ އިމާރާތަށާއި ބަދިގޭގައި ހުރި މުދަލަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެން ގޮސްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ބަލަމުންނެވެ.

މިދިޔަ އޯގަސްޓު މަހު ވެސް މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ހަތަރު ބިދޭސީއަކަށް އަނިޔާވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު