އާދިއްތަ, November 1
ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް އަޅުއްވަމުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް: ޢަބްދުއްރަޙީމް

ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މި ސަރުކާރަށް މިއަދު އެއްއަހަރު ފުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ދިވެހީންގެ ރާއްޖޭގެ ވެރިކަމަށް، ޕީއެންސީގެ ސަރުކާރަށް، ރައީސް ޑރ.މުޢިއްޒުގެ ޒައާމަތަށް އެއްއަހަރު ފުރޭ މި އުފާވެރި މުނާސަބަތުގައި އެންމެހައި ދިވެހި ރައްޔިތުންނަށާއި، ރައީސް ޑރ. މުޢިއްޒަށް ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރާ ކަމަށެވެ.

އެއަށްފަހު ޢަބްދުއްރަޙީމް ވަނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ޑރ.މުޢިއްޒު އަޅުއްވަމުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށާއި، ހަރުދަނާ ނިންމެވުންތަކެއްކަން ފާހަގަކުރައްވައި އައްސަރިބަހާ ސާބަސް ދަންނަވައިފައެވެ.

ޢަބްދުއްރަޙީމްގެ ޕޯސްޓް ނިންމަަވައިލެއްވީ ރައީސް ޑރ.މުޢިއްޒުގެ ޒައާމަތަށް ފަހިކަމާ ފާގަތިކަން މިންވަރު ކުރެއްވުމަށް އެދި ދުއާކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު