އާދިއްތަ, November 1
ހަކުރު ބަލީގެ ދުވަހާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

"ހަކުރު ބައްޔާއި ދުޅަހެޔޮކަން“ މި ޝިއާރުގެ ދަށުން ޓީމް ބިލްޑިންގް ހަރަކާތެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނަށް އަމާޒުކޮށް ކުރިޔަށް ގެންގޮސްފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓާއި ނަރުހުންގެ އިތުރުން އެހެނިހެން މުވައްޒަފުން ހިމެނޭހެން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުރިޔަށް ގެންދިޔަ މި ޕޮރޮގްރާމްގައި އެ ހޮސްޕިޓަލުގެ 116 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތަކީ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށި ސިޓީ ޕޮލިހާއި ގުޅިގެން މި މަހުގެ 15 ވަނަ ދުވަހު ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.

މި ހަރަކާތުގައި ވަނީ ޕްރޮގްރާމުގެ ބައިވެރިންނަށް އޮފީސް މާހައުލުގައި ދިމާވާ މައްސަލަތައް ހައްލު ކުރާނެގޮތާއި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް މުވައްޒަފުންގެ ޓީމްވޯކް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާއި ގުޅިގެން ރަށްރަށުގެ ޕޮލިސްޓޭޝަން ތަކުން ދަނީ އެ ރަށްރަށުގެ ޞިއްޙީ ހިދުމަތްދޭ މަރުކަޒުތަކާއި، ސުކޫލުށް އަދި ކައުންސިލްތަކާއި ގުޅިގެން ޓީމް ބިލްޑިންގް ފަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު