އާދިއްތަ, November 1
9 މަސް ތެރޭ އެއާރ އެމްބިއުލާންސުން 437 ދަތުރު

އެއަރ އެމްބިއުލާންސް މެދުވެރިކޮށް 9 މަސް ތެރޭގައި 437 ދަތުރުކޮށްފި އެވެ.

ސިއްހީ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައި ވާގޮތުގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި މުޅިން އަލަށް ތައާރަފް ކުރެވި ޚިދުމަތް ދޭން ފެށިފަހުން މިހާތަނަށް 437 ދަތުރުކޮށް، 540 ބަލި މީހުން ވަނީ އުފުލާފަ އެވެ.

އެއާރ އެމްބިލާންސް ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ މާރިޗް މަހުގެ 1 ވަނަ ދުވަހުއެވެ. މި ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ޑޭޝް8-200 މަރުކާގެ މަތިންދާ ބޯޓެއް ބޭނުންކޮގެން އެއަރ އެމްބިޔުލާންސްގެ ޚިދުމަތް ރާއްޖޭގައި ފެށިއިރު، މި ބޯޓުތަކަކީ ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތްތައް ހަރުކުރެވިފައިވާ ބޯޓުތަކެއް ކަމާއި، ރާއްޖޭގެ ޑޮމެސްްޓިކް ހުރިހާ އެއާޕޯޓަކަށް ވެސް ފްލައިޓު ޖެއްސޭ ކޮންމެ ގަޑިއަކުވެސް ދަތުރު ކުރެވޭނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

އެއަރ އެމްބިއުލާންސް ޚިދުމަތަކީ އިމެޖެންސީ ހާލަތުގައި ބަލިމީހުން އުފުލުމަށް ހާއްސަ ކުރެވިފައިވާ މުހިންމު ޚިދުމަތެކެވެ. މި ހިދުމަތް ކުރިއަށް ގެންދަނީ މޯލްޑިވިއަން، މިނިސްޓްރީ އޮފް ހެލްތު، ޓްރާންސްޕޯޓް މިނިސްޓްރީ، މޯލްޑިވްސް ސިވިލް އެވިއޭޝަން، އެންސްޕާ އަދި އާސަންދަ ކުންފުނިން ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު