އާދިއްތަ, November 1
3 ކިލޯގެ މަސްތުވާތަކެއްޗާއެކު ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފި

ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ބެންކޮކް ނޫސްތަކުން ބުނާގޮތުގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ އިނގެރޭސިވިލާތުން ފޮނުވާފައިހުރި ޕެކޭޖެއް، ކޫރިއާ ފެސިލިޓީއަކުން ނަގަން އުޅެނިކޮށް ކަމަށެވެ.

ބެންކޮކްގެ ނާކޮޓިކް ކޮންޓްރޯލް ބޯޑުން ބުނި ގޮތުގައި ޝައްކުކުރެވިގެން އޭނާ ބަލައި ފާސްކުރިއިރު ޕްރޮޓީން ސަޕްލިމެންޓް ދަޅެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ އޭނާ އަތުން ވަނީ ފެނިފައެވެ.

ނާކޮޓިކް ކޮންޓްރޯލް ބޯޑުން މިހާތަނަށް ހައްޔަރު ކުރި ދިވެހި މީހާގެ ވަނަވަރު އާންމު ކޮށްފައެއް ނުވެއެވެ. ނަން ހާމަކޮށްފައި ނުވަނީ މި މައްސަލަ ތަހުގީގު ކުރަމުން ދާތީއާއި މި ނެޓްވޯކާއި ގުޅުންހުރި އެހެން މީހުން ދެނެގަތުމުގެ މަސައްކަތް ކުރިޔަށް ދާތީ ކަމުގައި އެފަރާތުން ވަނީ ބުނެފައެވެ.

ބެންކޮކްގެ ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން އެކްސްޓަސީ، ކޮކެއިން، އެމް.ޑީ.އެމް.އޭ.، ކެޓަމިންގެ އިތުރުން އަލަށް ފެންނަމުން އަންނަ މަސްތުވާ ބާވަތެއްވެސް ހޯދާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު