އާދިއްތަ, November 1
މަސްތުވާތަކެތީގެ މައްސަލައެއްގައި މަޑިފުށިން މީހަކު ހައްޔަރުކޮށްފި

ތ.މަޑިފުށީ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މަޑިފުށި / އެދުރުގެ، 28 އަހަރުގެ ހާޝިމް އަބްދުﷲ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 14 ވަނަ ދުވަހު އެރަށުގެ ބަނދަރު ސަރަހައްދުންނެވެ.

ފުލުހުން އޭނާ ބަލައި ފާސްކުރިއިރު، އޭނާ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން ވަނީ މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައެވެ.

މި މައްސަލައާއި ގުޅިގެން މަޑިފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ މަޑިފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު