އާދިއްތަ, November 1
މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑު ވުމާއި ގުޅިގެން ސިފައިން ފެންހިންދުމުގެ މަސައްކަތް ފަށައިފި

މިރޭ މާލެއަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާއި ގުޅިގެން ސިފައިން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

މިރޭ އިރާކޮޅުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ޕަމްޕްތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު