އާދިއްތަ, November 1
ރާކަނި ބީޗް ކެފޭގައި މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިިފި

ހުޅުމާލޭގައި ހުންނަ ރާކަނި ބީޗް ކެފޭގައި މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ

ރާކަނި ބީޗް ކެފޭގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ރޭގެ ވަގުތެއްގައެވެ.

ސޯޝަލްމީޑިއާގައި އާންމުވެފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި މި ހާދިސާ ހިނގީ ރޭގެ 22:57 ހާއިރުއެވެ.

ސީސީޓީވީ ފުޓޭޖުން ފެންނަނީ މީހަކު ގޮސް، ރާކަނި ބީޗުގައި އިން މީހަކަށް އެ ތަނުގައި ހުރި ގޮނޑިއެއް ނަގައިގެން ހަމަލާދީ މާރާމާރީ ހިންގާ މަންޒަރެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މި މައްސަލާގައި ހައްޔަރުކުރީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމުން ޝަރުތު ކުރުމަށްފަހު ދޫކޮށްލާަފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު