Wednesday, November 18
"ދަފަރާ" ކެމްޕޭން ތ. އަތޮޅުގައި ކުރިއަށްގެންގޮސްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ތ. އަތޮޅު ހޮސްޕިޓަލް ގުޅިގެން "ދަފަރާ" ކެމްޕޭންގެ ދަށުން "ޓްރޭނިންގ އޮން ބޭސިކްސް އޮފް ޓޮބޭކޯ ސެޒޭޝަން" ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނޮވެންބަރު މަހުގެ 5 ން 6 އަށް ތ. އަތޮޅު ވޭމަންޑޫގަ އެވެ.

ސެޝަންތައް ނަންގަވައިދެއްވީ ދަމަނަވެށީގައި މަސައްކަތްކުރައްވާ ކަމުގެ ފަންނީ ބޭފުޅުންނެވެ. މި ތަމްރީނު ޕްރޮގްރާމުގައި ދުންފަތުގެ އިސްތިޢުމާލުކުރުމުން މީހުން ދުރުހެލި ކުރުމުގެ ގޮތުން ހުއްޓާލަން ބޭނުންވާ މީހުންނަށް، އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި އެކަމުގެ ހުނަރު ދަސްކޮށް ދެވުނެވެ.

ތ. އަތޮޅުގެ 13 ރަށަކުން 21 ޞިއްޙީ ޚިދުމަތްތެރިން ހިމަނައިގެން މި ހިންގުނު ޕްރޮގްރާމްގެ މަޤުޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިކަން ބޭނުންވާ މީހުންނަށް މި ޚިދުމަތްތައް ތ. އަތޮޅުގައި ދެވޭނެ މަގު ތަނަވަސް ކޮށްދިނުމެވެ. މީގެ އިތުރުން "ދަފަރާ" ކެމްޕޭންގެ ދަށުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިފަދަ ޕުރޮގުރާމުތަކެއް ނ. އަތޮޅު ހޮސްޕިޓަލާއި ލ. ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ވަނީ ހިންގާފައެވެ. މި ތަމްރީނުގައި ބައިވެރިވެވަޑައިގެންނެވި ޞިއްޙީ ޚިދުމަތްތެރިންނަށް ވަނީ ހަނދާނީ ލިޔުން އަރުވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު