Tuesday, November 17
މި ސަރުކާރު އޮތްހާ ހިނދަކު އިސްރާއީލާއެކު ގުޅުމެއް ނުބާއްވާނެ: ރައީސް

މި ސަރުކާރު ވެރިކަމުގައި އޮތްހާ ހިނދަކު އިސްރާއީލާއެކު ރާއްޖޭގެ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ވާހަކަފުޅު ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ، ޤާނޫނު އިތުރަށް ވަރުގަދަކޮށް، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ރާއްޖެ ނާދެވޭނެ ގޮތަށް ޤާނޫނު އިސްލާޙުކުރައްވާނެ ކަމަށެވެ.

"ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތް، ރާއްޖެ އާއި ހުރިހާ ފަރާތްތަކާ އެކުގައި ވެސް ގުޅުން ގާއިމްކުރެވޭނެ އިސްރާއީލް ފިޔަވައި. އިސްރާއީލްއާ އެކުގައި މި ސަރުކާރުން އޮތްހާ ހިނދަކު، އަޅުގަނޑުގެ ސިޔާސަތު ތަންފީޒުވާހާ ހިނދަކު، ކުރިއަށް އޮތް ތަނުގައި ގާނޫނު އިތުރަށް ވަރުގަދަކުރެވިގެން ގޮސް ދުވަހަކު ވެސް ރާއްޖޭގައި އިސްރާއީލްގެ ރައްޔިތަކަށް ފުރުސަތެއް ނުލިބޭނެ. އަދި އިސްރާއީލާއެކު މި ރާއްޖޭގެ ގުޅުމެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް އިސްކުރުން ކަމަށް ވިދާޅުވި ރައީސް، އިސްރާއީލް ފިޔަވައި އެހެން ހުރިހާ ޤައުމުތަކަކާ ގުޅުން ބާއްވައި، ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި އެ ގުޅުންތައް ބަދަހިކުރަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު