އާދިއްތަ, November 1
ރާކަނި ބީޗް ކެފޭގައި މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހުންނަ ރާކަނި ބީޗް ކެފޭގައި މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ރާކަނި ބީޗް ކެފޭގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލަ ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ މީހަކު ގޮސް، ރާކަނި ބީޗުގައި އިން މީހަކަށް ހަމަލާދޭ މަންޒަރެވެ.

އެގޮތުން އެތަނުގައި ހުރި ގޮނޑިއަކުން ހަމަލާދިނުމުން އެތަނުގައި ތިބި މީހުން އައިސް ދެ މީހުންގެ ދެމެދަަށް ވަދެ ދުރުކުރަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު