Saturday, October 31
ފޮޓޯ/ ރައީސް އޮފީސް

ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް، ޗައިނާގެ ސިނޯހައިޑްރޯ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްޠަލިބެވެ. މި އަހަރުގެ މޭ މަހުގެ 8 ވަނަ ދުވަހު މި ދެ ފަރާތުން ވަނީ މި ކަމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށް، އެ ފަހުމުނާމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ އަބްދުﷲ މުއްޠަލިބު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 15 ފަންގިފިލާގެ ތިން ޓަވަރު ޢިމާރާތްކޮށް، 3 ކޮޓަރީގެ 336 ފުލެޓު އަދި 2 ކޮޓަރީގެ 772 ފުލެޓު ތަރައްޤީކުރެވޭނެކަމަށެވެ.

އޭދަފުއްޓަކީ، ރާއްޖޭގައި ތަރައްޤީކުރާ އަރބަން ސެންޓަރުތަކުގެ ތެރެއިން ތަރައްޤީގެ ނާރެހެއްގެ ގޮތުގައި ތަރައްޤީވެގެންދާނޭ ރަށެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ހައުސިންޔުނިޓުތައް ވެގެންދާނީ، އޭދަފުއްޓާއި އެ ސަރަޙައްދުގެ ރިސޯޓުތަކުގައި މަސައްކަތްކުރާ އާބާދީތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ފުރުޞަތަކަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ކަނޑައަޅާފައިވާ 40،000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށަކަށް އޭދަފުށި ހައްދަވާނެކަމަށް، މި އަހަރުގެ މާރިޗު މަހު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ހިނގާ ނޮވެމްބަރު މަހު، "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރުން ހުށަހަޅުއްވާފައިވާ 2025 ވަނަ އަހަރުގެ ބަޖެޓު ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި ވަޒީފާ އަދާކުރާ ހީވާގި ދިވެހި މުވައްޒަފުންނަށް ޚާއްޞަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފުކޮށް ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަން ފަހިކޮށްދިނުމަކީ ދިވެހީންގެ ރާއްޖެ މެނިފެސްޓޯގެ މުހިންމު އަމާޒެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު