Saturday, October 31
ކެރަމް ވޯލްޑް ޗެމްޕިއަންޝިޕުން ރާއްޖޭގެ ދެ ޓީމަށްވެސް ތިންވަނަ

އެމެރިކާގެ ކެލަފޯނިއާގައި މިހާރު ކުރިއަށްދާ ހަވަނަ ކެރަމް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ޤައުމީ  ކެރަމް ޓީމުގެ ފިރިހެން އަދި އަންހެން ޓީމު ތިންވަނަ  ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖޭގެ ދެ ޓީމު ވެސް ސެމީ  ފައިނަލްގައި ސްރީލަންކާއާ ވާދަކޮށް ސްރީލަންކާ އަތުން  ވަނީ ބަލިވެފައެވެ. އެހެންކަމުން ރާއްޖޭގެ ދެ ޓީމަށް ވެސް ޖެހުނީ ތިންވަަނަ ހޮވާ މެޗުގައި ވާދަކުރާށެވެ. އެގޮތުން ތިންވަަނަ ހޮވަން ކުޅުނު މެޗުގައި ވާދަކޮށް  ރާއްޖޭގެ ފިރިހެން ޓީމާއި، އަންހެން ޓީމުން ވަނީ  ޗެމްޕިއަންޝިޕުން ތިންވަނަ ހޯދާ ލޯ މެޑަލް  ހާސިލްކޮށްފައެވެ.

ތިންވަނަ ހޮވަން ކުޅުނު މެޗު ރާއްޖޭގެ އަންހެން ޓީމު  ކާމިޔާބު ކޮށްފައިވަނީ ސީދާ ތިން ގޭމުންނެވެ.

ރާއްޖޭގެ ފަރާތުން ފިރިހެން ޓީމުގައި ބައިވެރިވެފައި  ވަނީ ޙަސަން ނާޒިމް، އިބްރާހީމް ހުޖާން އަލީ، އިސްމާއީލް އަޒްމީން އަދި މުޙައްމަދު މުންތަސިރު އެވެ. އަދި އަންހެން ޓީމުގައި ހިމެނެނީ އާމިނަތު ވިދާދު، އައިޝަތު ނައުފާ، އައިޝަތު ފައިނާޒް އަދި ފާތިމަތު ރަޔާނާ އެވެ.

މި އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ޑަބަލް އިވެންޓްގައި ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. މި އިވެންޓްގައި  އިސްމާއިލް އަޒްމީން އާއި ޙަސަން ނާޒިމް ވަނީ ރިހި  މެޑަލް ހޯދާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު