އާދިއްތަ, November 1
ހަކުރު ބަލީގެ ދުވަހާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ހެލްތު ސްކްރީނިންގ ސެޝަނެއް ބާއްވަނީ

ހަކުރު ބަލީގެ ދުވަހާއި ގުޅިގެން އާންމުންނަށް ހުޅުވާލައިގެން ހުޅުމާލެ ހޮސްޕިޓަލުގައި ހެލްތު ސްކްރީނިންގ ސެޝަނެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހަކުރު ބައްޔާއި ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އާންމުން ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސެޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރުފަހު 13:30 އިން ހަވީރު 15:30 އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ ބޭރުގައި ހުންނަ އެސް.ޓީ.އޯ. ބޭސްފިހާރަ ކުރިމަތީގައެވެ.

މި ސެޝަނަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި ހުޅުމާލެ ހޮސްޕިޓަލު ގުޅިގެން ހަކުރު ބަލީގެ ދުވަހާއި ގުޅޭގޮތުން މިހާރު ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

މި ހަރަކާތާއި ގުޅިގެން އިއްޔެ ވަނީ ހުޅުމާލޭގައި ހުންނަ ކޯޕަރޭޓް އޮފީސްތަކުން 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިކޮށްގެން ”އަކުރާ ފިޓްނަސް ފެސްޓް ”ގެ ނަމުގައި ބީޗް ހަރަކާތެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

އަދި އެސް.ޓީ.އޯ އާއި ހުޅުމާލެ ހޮސްޕިޓަލު ގުޅިގެން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. މި ސްކްރީނިންގ ތެރޭގައި ލޭގެ ޕްރެޝަރ ބެލުމާއި ބީ.އެމް.އައި އަދި ހަކުރު ޗެކް ކުރުމަށް ފަހު ހެލްތު ގައިޑެންސް ވަނީ ދީފައެވެ.

އަދި މީގެ އިތުރުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބަދަލުތަކާއި ޑައެޓް ޕްލޭން އަދި ކަސްރަތާއި ބެހޭ މައުލޫމާތުތައް ވަނީ ސެޝަންގެ ބައިވެރިންނާއި ހިއްސާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު