އާދިއްތަ, November 1
ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އަޒަރްބައިޖާނާ ދެމެދު ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ އަޒަރްބައިޖާންގެ ބާކޫގައި ކުރިއަށްދާ ކޮޮޕް 29 ސަމިޓުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަޒަރުބައިޖާންގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޖޭހޫން ބައިރަމޯވް އެވެ.

އެއިން އެއް އެއްބަސްވުމަކީ ރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު ބޭނުންކުރާ ފަރާތްތަކަށް ވިސާއާ ނުލައި އަޒަރްބައިޖާނަށް އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ލިބޭ އެއްބަސްވުމެކެވެ.

ދެވަނަ އެއްބަސްވުމަކީ ދެ ގައުމަށް ފައިދާވާނެ ގޮތަށް ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭ އެއްބަސްވުމެކެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފުރަތަމަ އެއްބަސްވުމަކީ ހުރިހާ ދިވެހިންނަށް ވިސާއަކާ ނުލައި ދަތުރުކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެސް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އަދި ދެވަނަ އެއްބަސްވުމުގެ ދަށުން އިގުތިސާދީ، ސަގާފީ އަދި އިޖުތިމާއީ ގޮތުން ދެ ގައުމަށް ފައިދާވާނެ ގޮތަށް ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު